ރައީީސް ޞާލިޙު ދެކެ ލައްކަ ރައްޔިތުން ފޫހިވެއްޖެ، އައު ޕާޓީން އުއްމީދު ގެނެސްދޭނެ: އީވާ
ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އުފެއްދުމަށް މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއަށް، ދިވެހި ރައްޔިތުންނަށް ގެއްލިފައިވާ އުއްމީދު އަލުން ދައްކައިދެވޭނެ ކަމަށާއި، މިއީ އައު ޕާޓީއެއް އުފައްދަން އެންމެ ރަނގަޅު ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ދާދި ފަހުން ވަކިވެވަޑައިގެންނެވި އީވާ މިހެން ވިދާޅުވެފައިވަނީ، ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެކެ، ލައްކަ މީހުން، މިހާރު ވަރަށް ފޫހިވެއްޖެ ކަމަށެވެ.
"ހަމަ އެއްކޮށް އުއްމީދު ކަނޑާލައިފި. އެމްޑީޕީގެ މެމްބަރުންގެ ބޭރުން ތިބި މީހުން، ހަމަ ޔަޤީނުން ވެސް ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި އުއްމީދެއް ނެތް."
އީވާ އިތުރަށް ވިދާޅުވީ، ސަރުކާރާއިމެދުގައި ކަންބޮޑުވުން ހުރި މައްސަލަތައް ޙައްލު ކުރުމަށް، މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ޤަރާރުތައް ހުށަހަޅައިގެންވެސް، އެމްޑީޕީގެ ސުޕަރ މެޖޯރިޓގެ ބޭނުން ނުހިފުނު ކަމަށެވެ.
"އެތައް ބަޔަކު ބުނި، ދެން ނުވިއެއް ނޫންހޭ؟ ހިނގާށޭ ތިމަންނަމެން ޤަބޫލު ކުރާ އަސާސްތައް ދަމަހައްޓާނެ އެހެން ގޮތެއް ހޯދަން."
އީވާ އިތުރަށް ވިދާޅުވީ، "ފިކުރެއްގެ ދިރުން" ފެކްޝަނުން އައު ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން އިޢުލާނު ކުރި ހިސާބުން، "ރަށުތެރެއިން" މިކަމަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، ރައްޔިތުން މާޔޫސްވެފައިވާއިރު، މިއީ އައު ސިޔާސީ ޕާޓީއެއް އުފައްދަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އުފައްދަނީ، ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ ވެސް ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި، އީވާ ވިދާޅުވީ، އެ ޕާޓީގެ މެނިފެސްޓޯ އާއިއެކު، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށް ވަރަށް ރަނގަޅު "ޗޮއިސް"އެއް ލިބިގެންދާނެ ކަމަށެވެ.
"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި، އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ.
ޕާޓީގެ ރައީސަކައް ކޮއްކޯފުޅު އަލަންގިރި ރަގަޅުވާނެ
ޑިމޮކްރަސީއަކީ އެންމެ ގިނަމީހުންގެ ރައުޔު ވޯޓުލައިގެން ހޯދުމަށްފަހު އެ ރައުޔު ދަމަހައްޓާ ނިޒާމަކަށް ކިޔާ ނަމަކަށް ވާއިރު، ވޯޓަކުން ބަލިވީމާ ޕާޓީގެ ރައުޔު ބަލައިނުގަނެ، އިދިކޮޅަށް ނުކުމެ ތިމަންނަމެންނަކީ “ދަ ޑިމޮކްރެޓްސް” އޭ ބުނުމަކީ އިރު އޮއްސުމުން ފަތިސްވީއޭ ބުނުންކަހަލަ ކަމެއް ނޫންތޯ.
ޕާޓީ ގެ ނަން އަލަކަސް މީހުނެއް އަލެއްނޫން.