ޚަބަރު ރައްޔިތުންގެ މަޖިލިސް

ހުޅުމާލެއިން ބަންޑާރަގޯތި ދޫކުރާނީ ރާއްޖޭގެ އެހެން ރަށްރަށުންވެސް ގޯތިދޭ ބީދައިން: އަސްލަމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖޭގައި ކުރާނީ ރާއްޖޭގެ އެހެންރަށްރަށުންވެސް ބަންޑާރަ ގޯތި ދޫކުރާ ބީދައިން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމުގެ ހަމަ އަދިވެސް އޮތީ ހަމަ ކުރިން އޮތް ގޮތަށް ކަމަށެވެ.

"ރާއްޖޭގައި ކުރީއްސުރެ އޮންނަ ހަމައެއް ބަންޑާރައިން ގޯތި ދިނުން އެއީ އަދި އެކަން އޮތީ އެގޮތަށް ދިވެހިން ގަބޫލުކުރަނީވެސް ބަންޑާރައިން ގޯތި ދޭންޖެހޭކަމަށް އަދި އަޅުގަނޑުމެން ސިޔާސީ ލީޑަރުންވެސް ތިބީ އެކަން ހުއްޓާލާ ގޮތަކަށް ނޫން އެހެންވީމާ ރާއްޖޭގެ އެހެން ރަށްރަށުންވެސް ގޯތިދޭ ބީދައިން އަޅުގަނޑުމެން އެބަޖެހޭ މާލޭގައިވެސް ހުޅުމާލޭގައިވެސް އެގޯތި ދޭން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އޭގެ މާނައަކީ ބިމުގައި އަގު ނުހުންނަނީ ނޫންކަމަށާއި ބިން ހިއްކުމަށް ހަރަދު ހިނގަނީ ހަމަ އެއްވަރަކަށް ކަމަށެވެ.

"އަގެއް ނުހުންނަނީކީއެއް ނޫން އަގު ހުރޭ ހަރަދު ހިނގަނީ އެއްވަރަކަށް ބިން ހިއްކަން ހުޅުމާލެ ވިޔަސް އަދި އެހެން ރަށެއް ކަމުގައިވިޔަސް ކޮންމެ ވެލި ކޮޑި މީޓަރަކަށް ދާވަރު އެދަނީ އެހެންވީމަ މީ އަޅުގަނޑުމެން ކުރީއްސުރެ ހިނގަމުން ތަންފީޒުކުރަމުން އަންނަ ނިޒާމެއް މި ހިނގަނީ އެނިޒާމާއި ބެހޭގޮތުން ވާހަކަ ދައްކާ އެއަށް ގެންނަން ޖެހޭ ބަދަލެއް ގެންނަން އަޅުގަނޑުމެން އެންމެނަށް އެއްބަސްވެވޭ ކަމަށް ވަންޏާއެކަން ކުރެވިދާނެ އެވާހަކަ ދައްކަން އަޅުގަނޑު ތައްޔާރު" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވީ ހުޅުމާލެއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުމާލެ ފަޅު ހިއްކުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އާބަންކޯއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

 

  1. އަބްދޫ

    އެހެން ރަށްރަށުންދޭގޮތަށް ހުޅުމާލެއްިނަ ގޯތި ނުދެވޭނެ، ހުޅުމާލެ ހިއްކީ ހަރަދު ކޮށް ހުޅުމާލެ އެއީ ފައިސާ އެތައމިލިއން ފައިސާ ހުޅުމާލެ އިން ގޯތި ލިބުން އެ އީ ދަވްލަތުން އެތައްމިލިއަނެއްގެ ފައިސާ ހިލޭ ދިނުންފަދަ ކަމެއް . ހިލޭ ފައިސާ ބަހާ ގާނޫނެއް މަޖިލީހުން ފާސްކޮށްފަ ނެތްނަމަ ގާނޫނުއަސަސީގެ 97 ވަނަ މާއްދާއާއި ގޯތި ތިޔަގޮތަށް ދިނުމާއި ހިލާފަ،

  2. ބަންޑާރަ ގޯތި ކިޔަނީ ކޯޗަކަށްބާ ؟ ކުރީ ޒަމާނުގައި ބަންޑާރަ ގޯތިކިޔަނީ ރައްރަށުން މީހުން ދިރިއުޅެން ދޫކުރާ ގޯތިޔަށް، ދައުލަތުން ފަޅެއްހިއްކައިގެންވެސް ބަންޑާރަ ގޯތި ދޫކުރެވިދާނެ !