ކުލަޔާ ނަން ނަކަލު ކުރިކަމަށްބުނެ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް އެމްޓީޑީ އިން ފާޑުކިޔައިފި
ކުލަޔާ ނަން ނަކަލު ކުރިކަމަށްބުނެ އެމްޑީޕީ ތެރޭގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް އެމްޓީޑީ އިން ފާޑުކިޔައިފިއެވެ.
އެމްޓީޑީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޕާޓީގެ ރައީސް އަހުމަދު އަދީބު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ގެ ނަމާއި ފިކުރާއި ކުލަތައް ލިޔުއްވައި އިޚްތިޔާރު ކުރެއްވީ ދޫނިދޫގައި އެކަހެރި ގޮޅިއެއްގައި ހުންނަވައިގެން ކަަމަށެވެ.
އަދި އެ ނަން އަދީބު އިޚްތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުކުރައްވާތީ ކަމަށާއި ޕާޓީގެ ކުލަ ކަމަށްވާ ސްކައި ބްލޫ އިޚްތިޔާރުކުރީ، ތިން އަހަރު ވަންދެން އަދީބުގެ ގޮޅިން އޭނާއަށް ފެނުނު ހަމައެކަނި އުއްމީދަކީ އެއީ ކަމަށްވާތީ ކަމަށް އެމްޓީޑީން ބުންޏެވެ.
“އެހެން އާ ސިޔާސީ ޕާޓީތަކުގެ ނަންތަކާއި ކުލަތައް އަޅުގަނޑުމެންގެ ފަރާތުން އިންސްޕަޔާވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” އެމްޓީޑީން ބުންޏެެވެ.
އެހެންނަމަވެސް އާ ސިޔާސީ ޕާޓީތަކެއް އުފައްދަވާއިރު، އެބޭފުޅުންގެ އަމިއްލަ ނަންތަކާއި ކުލަތައް ގެނެސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޓީޑީން ބުންޏެވެ.
އެމްޓީޑީން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިއްބަވާ އުފައްދަވާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމާފައިވެއެވެ.
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި އަމިއްލަ އެދުން ބޮޑު މަހާ ޗޯރުން މިވަނީ މިރާއްޖޭގައި ޕާޓީ ނިޒާމް ފެއިލް ކޮށް ރައްޔިތުން ފޫހިކޮށްފައި، ރައްޔިތުން ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކެއް، ރައްޔިތުން ބޭނުންވަނީ ކެއުން ބުއިން އުނުފޭރާން ބޯހިޔާވަހިކަން ! އެއްވެސް ސިޔާސީ ޕާޓީއަކަށް އެންމެ ފުރިހަމަ ގޮތުގައި މިކަންކަން ފޯރުކޮށެއް ނުދެވުނު ! ބޮޑުތަނުން ސިޔާސީ މީހުން ވަނީ ފެއިލްވެފައި !
ވަރަ ރަނގަޅު ވާާހާކާއެއް.
މީގެންވެސް މިއެނގުނީ ޕާޓީ މިހަދަނީ ތިމާ މީހާ އައް ކަން. ޜައްޔިތުންގެ ފިކުރާ ވިންދަކަށް ނޫންކަން. ޢެބުނާ ހެން ކުޑަގޮޅިން ފެނުނީ ދައުލަތުގެ ހަޒާނާ. ޢެންމެންވެސް މިތިބީ ތާޖައް އަރާ ރައުސުލްމާލް ކަހާލަން ތައްޔާރަށް.