ޚަބަރު ސަރުކާރު

ރިޔާސީ އިންތިހާބު 2023: އިންތިހާބު އޮބްޒާވް ކުރަން 15 ގައުމަކަށް ދައުވަތު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް/ ފޮޓޯ: އަވަސް

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް 15 ގައުމަކަށް ދައުވަތު ދީފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

Ads by Hajj Corporation

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް މިދިޔަ ހަފްތާގައި ރަސްމީކޮށް 15 ގައުމަކަށް ދައުވަތު ފޮނުވައިފައިވާކަމަށެވެ. މި ގައުމުތަކަކީ ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ދެކުނު ކޮރެއާ، ދެކުނު އެފްރިކާ، ކިރްގިސްތާން، ހޮންޑިއުރަސް، ސްރީ ލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، އުރުދުން، ކެނެޑާ، ޖަޕާން އަދި ނޭޕާލެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައި ކަމަށާއި ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައިކަމަށް އިލެކްޝަނުން ވަނީ މައުލޫމާތު ދެއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!