ޚަބަރު

އަލީ ރަމީޒު ދިރިއުޅޭ ގެއިން ފައިވާނެއް ވަގަށް ނަގައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އަލީ ރަމީޒު މާލޭގައި ދިރިއުޅޭ ގެއިން ފައިވާނެއް ވަގަށް ނަގައިފިއެވެ.

Ads by MWSC

އަލީ ރަމީޒު މީސް މީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި ބުނީ އޭނާ ދިރިއުޅޭ ގޭގެ 3 ވަނަ ފަންގިފިލާއަށް ވަދެ ފައިވާނެއް ވަގަށް ނަގާފައިވާ ކަމަށެވެ.

އޭނާ ވަނީ ފައިވާން ވަގަށް ނަގައިގެން ދާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް ވެސް ހިއްސާ ކޮށްފައެވެ.

ވީޑިއޯއިން ފެންނަނީ މާސްކު އަޅައިގެން ހުރި ފިރިހެނަކު އަލީ ރަމީޒު ދިރިއުޅޭ ގޭގެ ފަންގިފިލާ އަކަށް އަރައި ފައިވާނެއް ނަގައިގެން ދާ މަންޒަރެވެ. އަދި އޭނާ ވަނީ ދެތިން ފަހަރަކު ކެމެރާ ހުރިތޯ ޗެކް ވެސް ކޮށްފައެވެ.

މި މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

 

 

Ads by HDC
  1. ލޯންގޭ

    އަހަރެމެން ގޭގަ ހުރި 5ކޭސް ފެނާއި 3ޑަބިޔަލާއި 1ފުޅިމަދުފޮށިގަނޑުވެސް ވަގަށް ގެންގޮއްސި.