ޚަބަރު

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް އޮޅުން ފިލުވަން ގައުމުތަކުން ގުޅި: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް އޮޅުން ފިލުވުމަށް ޤައުމުތަކުން ގުޅި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ފ. ބިލެތްދޫ ފެނަކަ އާ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެއިން ކޮވިޑުން އަރައިގަތުމަށް ކުރަމުން އައި ކަންތައްތައް ރަނގަޅުވެގެން އެކަން ކުރާ ގޮތް އޮޅުން ފިލުއްވުމަށް ސީޝެލްސްގެ ރައީސް ވަވެލް ރަމަކަލަވަން ގުޅުއްވި ކަމަށެވެ.

އަދި ރާއްޖެއިން އޭރު ރާއްޖޭގައި އަޅާފައިހުރި ފިޔަވަޅުތައް ސީޝެލްގެ ރައީސްއާ ހިއްސާކުރެއްވި ކަމަށާއި “ރާއްޖެ އިން ފިޔަވަޅު އެޅި ގޮތަށް ސީޝެލްސް އިން ވެސް ފިޔަވަޅު އެޅީ” ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ، ސަރުކާރުން ބިލެތްދޫގައި ހިންގަމުންދާ މަޝްރޫޢުތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫޢުތައް ވެސް ހާމަކުރައްވާފައެވެ. އެގޮތުން ބިލެތްދޫގެ ބަނދަރުހެދުމުގެ މަޝްރޫޢާއެކު ބިންހިއްކުމުގެ މަސައްކަތްވެސް ކުރިޔަށް ދާނެކަމަށާއި، ސެލްފް ސަރވިސް އޭޓީއެމް ބަހައްޓާ 10 ރަށުގެ ތެރޭގައި ބިލެތްދޫ ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

  1. ދޮންއާދަމްބޭ.

    ތިފަދަޢިލްމުވެރި،ޙިކުމަތްތެރި،ތަޖުރިބާ ހުރި،ޤާބިލްބޭފުޅަކު ދުނިޔޭގަ ވަރަށްމަދުވާނެ.އެހެންވީމަ، ޤަވްމުތަކުން ބައްލަވާނެ މަނިކުފާނުގެ ލަފާފުޅާ އެއްގޮތަށް ކަންކަންކުރެވޭތޯ..

  2. އަބްދޫ

    ކޮވިޑް އެއީ ސާލހް އަށް އެއްޗެއް އެގިގެން ވީކަމެއްނޫން . ކޮވިޑް އަކީ ފިންޏަށް ގަދަ ހޫނަށް ބަލި ޖަރާސީމެއް ރާއްޖެއަކީ 25 ން 32 އާއިދެމެދު ފިނިހޫނުމިން ހުންނަ ގައުމަކަށް ވުމުން އެ ޖަރާސީމަށް މިގައުމުގާ އުޅެން ފަސޭހައެއްނުން. ސާލިހް އެޅިފިޔަވަޅުތަކުން ރާއްޖެއަށް ކޮވިޑް އެތެރެވީ އެއާޕޯޓްގަ އަޅާފާހުރި ފުޅަފުގެ މަތިން. ކޮވިޑް ރާއްޖެ ވަނީ 2 ދިމާލަކުން އެއްދިމާލަކީ އިގިރޭސިވިލާތް އިގިރޭސިވިލާތުން ކޮވިޑްގެނައީ ނަސީދާއެކު އެފްލައިޓުންއައިބަޔަކު . ދެން އައީ އިޓަލީން އިޓަލީން ދިމާވީ އެއާޕޯޓްގަ މަސައްކަތް ކުރާ މީހެއްގެ ޒަރީއާއިން ސާލިހް އެޅި ފިޔަވަޅެއް ނެތް. ފެތުރުނީމަ ހުރިހާކަމެއް ކުރީ ޑޮކްޓަރުން .ސާލިހް އޮތީ ކޮންކަހަލަ މެސިނެއްގަ ބާ؟ މިމީހުން ބުނި 3 ނޮވެމްބަރުގަ މައުމޫބނު އޮތީ ދޮންނަމެސިނެއްގަޔޯ ؟