ފިތުނަ އުފައްދާ, މީހުންގެ އަބުރު ކަތިލުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން: އަސްލަމް
ފިތުނަ އުފައްދާ, މީހުންގެ އަބުރު ކަތިލުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޗެނަލް-13 އިން ގެނެސްދިން ކޮންޓެންޓެއްގެ މައްސަލައިގައި ބްރޯޑްކޮމް އިން އެ ޗެނެލްއަށް ފިޔަވަޅު އެޅުމުން, އެ ކަމާ ގުޅިގެން މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް ކުއްލި މައްސަލަ ފާސްވެފައެއް ނުވެއެވެ. އެ މައްސަލަ މަޖިލީހަށް ބަލައިނުގަތް ނަމަވެސް އެ މައްސަލައާ ހަވާލައި ދެއްވައި ބައެއް މެންބަރުން ބަހުސް ކުރެއްވިއެވެ
މިކަމާ ގުޅޭ ގޮތުން އަސްލަމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ, ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާފަދަ ކަމަކަށް އެމްޑީޕީން އަބަދުވެސް ދެކޮޅުވާނެ ކަމަށެވެ.
“ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާފަދަ ކަމަކީ އަޅުގަނޑުމެން ތަރުހީބު ދޭނެ ކަމެއް ނޫން. އެހެންނަމަވެސް ހިތުހުރިހާ އެއްޗެއް ގޮވަންވީކީ ނޫން, ކޮންމެ މީހެއްގެ އަބުރަކާ އިއްޒަތެއް އޮންނާނެ, އަދި އެއީ ސިޔާސީ އުކުޅެއް ނޫން” އަސްލަމް ވިދާޅުވީ, އަބުރު ކަތިލާ ފިތުނަ އުފެއްދުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން ކަމަށެވެ.
”ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ދޮގު މައުލޫމާތު ފެތުރުމަކީ. ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ފިތުނަ ފަސޭހަ އުފައްދާ, މީހުންގެ އަބުރު ކަތިލުމަކީ.”
ކުއްލި މައްސަލަ ބަލައި ނުގަތުމަށް ނިންމުމާ ގުޅޭ އޭނަ އަސްލަމް ވިދާޅުވީ އެ މައްސަލައަކީ މަޖިލީހަށް އެޖެންޑާ ވެސް ކުރެވެން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރަކީ ނޫސްވެރިކަމުގެ މިިނިވަންކަމަށް ހުރަސް އަޅައި، ނޫސްވެރިންނަށް ދެރަ ގޮތެއް ހަދާނެ ސަރުކާރެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
މައުމޫނާއި ދިމަލަށް ގޮވިތަކެތި މިއަދު މިވަނީ އެ ގޮވި މީހުންގެ އަމިއްލަގަޔަށް އަމާޒުވާންފަށާފަ ދުނިޔެ އަކީ މިކަހަލަ އެއްޗެއް.