ބޮލީވުޑް މުނިފޫހިފިލުވުން

ޝަބާނާއާއި ޖާވިދުގެ ޒަމާންވީ ލޯބި، ބޮޑެތި ޒުވާބުތަކުގައިި ބައެއް ފަހަރު "އެކަކު އަނެކަކު މަރާލަން ބޭނުންވޭ" 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޝަބާނާ އަޒްމީ އާއީ ޖާވިދު އަހްތަރަކީ ބޮލީވުޑް ގެ އެންމެ ގިނަ ދުވަސްވީ ޖޯޑެވެ. 1984 ވަނަ އަހަރު މިދެމީހުން ކައިވެނިކޮށްފައިވާއިރު މިދެމީހުން ފެނިގެންދަނީ އަދިވެސް ވަރަށް ލޯބިން އުޅޭ ދެމަފިރިންގެ ގޮތުގައެވެ.

Ads by Sosun Fihaara

ދެމީހުންގެ ގުޅުމާއި ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަމުން ދާދި ފަހުން ޝަބާނާ ބުނިގޮތުގައި ދެމީހުންގެ މެދުގައި ގިނަ ޒުވާބުތަކެއް ހިނގައި މައްސަލަތައް ޖެހެއެވެ. އަދި މިފަދަ މައްސަލަތަކުގައި ބައެއް ފަހަރަކު އެކަކު އަނެކަކު "މަރާލަން" ބޭނުންވާ ހިސާބަށްވެސް ދާކަމަށް ޝަބާނާ ބުންޏެވެ.

"އެކަމަމު އެއަށްވުރެ ބޮޑަށް އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ރެސްޕެކްޓް ކުރަން" ޝަބާނާ ބުނެފައިވެއެވެ.

ޝަބާނާ އާއި ޖާވިދުގެ ކައިވެންޏަށް ދަރިއަކު ލިބިފައިނުވާ ނަމަވެސް ޖާވިދުގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިން ކަމުގައިވާ ކާމިޔާބު ޑައިރެކްޓަރ ޒޯޔާ އަހްތަރް އަދި ކާމިޔާބު އެކްޓަރ ފަރްހާން އަހްތަރްއާއި ޝަބާނާ އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށް މީޑިއާތަކުން ބުނެއެވެ. އަދި މިކަމަށް ބާރުދޭ އެތައް ކަމެއް އެމީހުން ގެންދަނީ މީޑިއާގައި ހިއްސާ ކުރަމުންނެވެ. މިގޮތުން ދާދިފަހުން ވެސް ޝަބާނާވަނީ އެންމެން އެކުގައި ތިބި ފޮޓޯއެއް އިންސްޓާގްރާމްގައި ޝެއަރކޮށް އެންމެންވެސް ތިބީ އެކުގައި ކަމަށް ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!