ޚަބަރު އިޖުތިމާޢީ

ދެއަހަރުގެ ދަރިފުޅާއެކު ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދެއަހަރުގެ ދަރިފުޅާއެކު ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) ކަމަށެވެ.

"ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 29 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން." ފުލުހުން ބުނެފައިވެއެވެ

ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެެވެ. އަދި ޢާއިޝަތު އިޙްސާނާ ގެއްލިފައިވަނީ އޭނާގެ، ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ޢާއިޝަތު އިޙްސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!