ބެކްއަޕް ޖަނަރޭޓަރާއެކު ކޮންމެ ޓަވަރަކުންވެސް އެއް ލިފްޓް މަސައްކަތް ކުރާނެ: އާބަންކޯ

ހިޔާ ފުލެޓު ހިމެނޭހެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތީ ބެކްއަޕް ޖަނަރޭޓަރު، މިހާރު ދަނީ ބޭނުން ކުރަމުން ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯ އިން ބުނީ ބެކްއަޕް ޖަނަރޭޓަރާއެކު ކޮންމެ ޓަވަރަކުންވެސް އެއް ލިފްޓް މަސައްކަތް ކުރާނެކަމަށެވެ.
"ހިޔާ ސަރަހައްދުގެ ބެކްއަޕް ޖަނަރޭޓަރ މިވަގުތު ދަނީ ބޭނުން ކުރެވެމުން. އެހެންކަމުން ކޮންމެ ޓަވަރަކުން އެއްލިފްޓު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން" އާބަންކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން މަސައްކަތް ކުރަމުން ދިޔަ ކޮންޓްރެކްޓަރއެއް އެސަރަހައްދު ކޮނުމުގެތެރޭގައި، ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެންކަމަށާއި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.