ޚަބަރު ސިޔާސީ

މާލޭ މީހުންގެ ގެދޮރަށް ވެރިކަން ކުރާ ޕާޓީއިން ދަނީ އަރައިގަންނަމުން: ސައިފް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލޭ މީހުންގެ ގޯތި ގެދޮރަށް ވެރިކަން ކުރާ ޕާޓީއިން ގަދަކަމުން އެމީހުންގެ ރުހުމެއް ނެތި ދަނީ އަރައިގަންނަމުން ކަމަށް މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލޭސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ ކައުންސިލަކީ މާލޭގެ ގޯތިގެދޮރާއި ކަންކަން ބެލެހެއްޓުމުގެ ބެލެނިވެރިފަރާތް ކައުންސިލަށް މިކަމުގައި ކަންބޮޑުވުން ފާޅުކުރެވޭނެކަމަށެވެ.

"ބައްލަވާ މޭޔަރު އެގޭގެ އޯނަރު އެދިފައި މިއޮތީ މާރޗު މަހުން ފެށިގެން އެގެއިން ނުކުންނަން ހަމަ ގަދަ ހަދާފަ ނޫން ތިމަންނަމެން ނުނިކުންނާނަމޭ ކިޔާފައި ހިފަހައްޓަވަނީ އިނގޭތޯ އަޅުގަނޑުމެންނަކީ މާލޭގެ ގޯތިގެދޮރާއި ކަންކަން ބެލެހެއްޓުމުގެ ބެލެނިވެރިފަރާތް އަޅުގަނޑުމެންނަށް މިކަމުގައި ކަންބޮޑުވުން ފާޅުކުރެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން" ސައިފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިސަރުކާރަށް މާލެއަށް ކޮށްދެވުނު އެއްކަމެއްވެސް ނެތްކަމަށެވެ. އެހެންކަމުން ރައީސް ޞާލިހުގެ ޖަގަހަ ހަދަން މާލޭ ރައްޔިތުންގެ ގޯތި ދިނުމަށް އެރައްޔިތުން ނުރުހޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި އަޅުގަނޑު މިކަން އޮޅުން ފިލުވި އިރުގައި ވަރަށް ގޯސްކޮށް މިއޮތީ އިނގޭތޯ ކިތަންމެ ދުވަހު އެބޭފުޅުންނަށް މުއްދަތު ދެއްވައިގެންވެސް މިހާރު ވެރިކަން ކުރާ ޕާޓީން މިވިދާޅުވަނީ ނުނިކުންނާނަމޭ ތިމަންނަ މެނެއް. ދެން މާލެއަށް އެއްވެސް ކަމެއް ކޮށެއް ނުދެވުނު ފުލެޓެއްވެސް ނޭޅުއްވުނު އެންމެ ގޯއްޗެއް ކަނޑާފަވެސް ނުދެވުނު މިއޮތީ އަމީނީ މަގު ވާ ގެއްލުން އެނގިވަޑައިގަންނަވާނެ މާލެ ރައްޔިތުންނަށް މިކަމުން މިއަރާތާށި" ސައިފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ކުރީގައި ސިޔާސީ ކުށްވެރިންގެ ގޯތި ގޯތި ސަރުކާރަށް ނަގާ ނަމަވެސް މިހާރު މިއީ މުޅިން "އާ ކުޅި" އެއްކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!