ލައިފްސްޓައިލް

އެކުވެރިންނާއި އެކު ކޮފީ އަށް ގޮސް ފޯނަށް ގެއްލިފައި ތިބެނީ ކޮންބައެއް؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި ޒަމާނުގައި ރެސްޓޯރެންޓަކާ ދިމާލަށް ނަޒަރު ހިނަގާލުމުން ފެނިގެން ދަނީ އަދުގެ ޒުވާނުން ކޮފީތަކަށް އަރައި ތިބޭ މަންޒަރެވެ. އަތުގައި ފޯނު އޮތުމާއެކު، އެންމެން ވެސް ފޯނަށް ގެއްލިފައި ތިބޭ މަންޒަރެވެ. މުޅި ރެސްޓޯރެންޓު އެއްކޮށް ހަމަ ހިމޭން ވެފައި އޮންނަ މަންޒަރެވެ. ތިމާގެބިޒީޝެޑިއުލް އިން ވަގުތުކޮޅެއް ހުސްކޮށްގެން ތިމާގެ އެކުވެރިންނާއި އެކު ކޮފީއަކަށް އަރަން ބޭނުންވާ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް ކޮފީ އަށް އެރުމަށްފަހުގައި ފޯނަށް ގެއްލިފައި ތިބޭ މީހުން ވެސް މަދެއްނޫނެވެ. ވީއިރު ކޮފީގައި އިނދެ ދައްކާނެ ކިތަންމެ ބައިވަރު ވާހަކައެއް އޮތް ކަމުގައި ވީނަމަވެސް އެ ވާހަކަތަކަށް ވުރެ ގިނަ ފަހަރަށް މުހިންމު ވަނީ ފޯނެވެ.

Ads by Hajj Corporation

ކޮފީއަށް ނޭރި ކަމުގައި ވީނަމަވެސް ފޯނާއި ކުޅެން އަތިރިމަތީގައި ވެސް އެކުވެރިންނާއި އެކު ތިބެވޭނެއެވެ. ނޫނީ ގޭގައި ވެސް އިނދެވިދާނެއެވެ. މީގެ ސަބަބުން ކޮފީއަށްދާ ޚަރަދު ސަލާމަތްވާނެއެވެ. ކޮފީއަށް އަރަނީ ނަމަކަށެވެ. ލައްކަ ވާހަކަ ދައްކަން އެބައޮތޭ ކިޔާ އަރާ ކޮފީ ނިމޭނީ އެންމެން ވެސް ފޯނަށް ގެއްލިފައި ތިބެގެންނެވެ. މިއީ މިކަން ވާން ޖެހޭ ގޮތެއް ނޫނެވެ. ކޮފީއަކަށް އަރަނީ އެކުވެރިންނާއި ބައްދަލު ނުވާތާ ގިނަ ދުވަސްވެ ދައްކަން އެތަކެއް ވާހަކަ އޮތީމަ އެ ވާހަކަތައް އެކުވެރިންނާ ހިއްސާ ކުރުމަށް ޓަކައެވެ.

މީގެ ސަބަބުން އެކުވެރިން ކޮފީއަށް އަރަން ފޫހި ވާނެއެވެ. އަބަދު ފޯނަށް ގެއްލިފައި އިންނަ މީހަކާއެއްކޮށް ކޮފީއަށް އަރަން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ؟ އެހެން އެކުވެރިން ކޮފީއަށް އެރިޔަސް ޚަބަރެއް ނުވާނެއެވެ. މިހުންނަނީ ހައްތަހާ ވެސް ކޮފީއަކަށް އަރައި ފޯނަށް ގެއްލިފައި އިނުމުން ލިބޭ ގެއްލުމެވެ. އާނއެކެވެ. ގަބޫލުކުރަމެވެ. ޕަބުޖީ ކުޅުމަށްޓަކައި ވެސް ކޮފީ އަށް އަރައެވެ. ފޫއްސެއް ވެސް ނުވެއެވެ. ދެވަނަ ފަހަރަކަށް ހަމަ އެފަދަ ކޮފީއަކަށް އަރަން ދައުވަތު ވެސް ލިބެއެވެ.

ޕަބުޖީ ކުޅުމަށްޓަކައި ކޮފީއަށް އެރުމަކީ، ކޮފީއަށް އެރުމަށް ފަހު ފޯނަށް ގެއްލިފައި އިނުމެއް ނޫނެވެ. އެކުވެރިންނާއި އެއްކޮށް ޕަބުޖީ ކޮފީއަކަށް އަކަށް އަރައިި އެކަކު އަނެކަކު ހީސަމާސާކޮށް ހެދުމަކީ އެކަކު އަނެކަކުގެ ގުޅުން އިތުރަށް ބަދަހިވެ ގުޅުން ހިފަހައްޓަން މަސައްކަތް ކުރެވޭ ކަމުގެ ހެއްކެކެވެ. ވީއިރު ޕަބުޖީ ކުޅުމަށްޓަކައި ކޮފީއަށް އެރުމާއި، ފޯނަށް ގެއްލި ކޮފީއަށް އަރައި އިނުމާ ވަރަށް ވެސް ތަފާތެވެ.

މިކަމާމެދު ވިސްނައިފި މީހަކަށް ޢިބުރަތް ޙާޞިލު ކުރެވޭނެކަމީ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އެކުވެރިންނާއި އެކު ހޭދަ ކޮށްލަން ލިބޭ މަދު ވަގުތުކޮޅުގައި އެމީހުނަށް ދޭންވާ ވަރަށް ވަގުތު ނުދެވި، ގުޅުން ބަދަހި ނުވެ، ތިމާއާއި ތިމާގެ އެކުވެރިންނާއި ދެމެދު އޮންނަ ޚާއްސަ ގުޅުން ހީނަރު ނުވެ އެގާތް ގުޅުން އެގޮތުގައި ބޭއްވޭތޯ މަސައްކަތް ކުރާށެވެ. ކަމަކާ ހިތްހަމަ ނުޖެހުނަސް، އުފާވިޔަސް އަދި މާޔޫސް ވިޔަސް އެކަން ހިއްސާ ކުރުމަށްޓަކައި ތިބޭނެ ބަޔަކީ އެކުވެރިންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!