އެމަނިކުފާނަކީ މީހަކު ޖަހާހާ ބެރަކަށް، ނުވަތަ ދައްކާހާ ވާހަކައަކަށް ގުނބޯއެއްހެން ނަށާނެ ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤަސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، އަމިއްލަފުޅު ޓީވީ ޗެނަލް "ވީޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ޖޭޕީއާ ފިކުރެއްގެ ދިރުން ފެކްޝަނުން، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޤާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން ހުށަހެޅި ކަރުދާހުގައި ހުރި ކަންކަމުން ހާމަވީ އެމަނިކުފާނަކީ ރައީީސް ނަޝީދު ވެރިކަމަށް ގެނެސްދޭން ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް އެއީ ކުރަން ވިސްނައިގެން ހުންނެވި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެ ކަރުދަހާއި ގުޅިގެން އެ ފަރާތްތަކަށް ޖަވާބެއް ވެސް ނާރުވާ ކަމަށާއި އެ ކަރުދާހުގައި ހުރި ކަންކަމަށް އެއްބަސްނުވެވުނު ނަމަވެސް ދެ ފަރާތުގެ ދެމެދުގައި އޮތް ރަށްޓެހިކަން އަދިވެސް އެގޮތުގައި އޮންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އެކަމަކު ދައްކާހާ ވާހަކައަކަށް، މީހަކު ޖަހާހާ ބެރަކަށް ގުނބޯއެއްހެން ނަށާނެ މީހެއް ނޫނޭ މިއީކީ. އިރާދަކުރެވިއްޔާ އެކަމެއް ނުކުރާނަން. އެކަން ކުރާކަށް ނެތިން." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އަރާވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ ވެރިކަން އެހެން ފަރާތަކަށް ލިބެން އެމަނިކުފާނު ނޭދޭނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
ޅައަންހެންކުދިންގެ ގުނބޯ ނެށުން ނަށާ ނަށާ ވަރުބަލި ވެފަ ހުރީ
ގާސިމަށް ބެރުޖަހަން އެގޭތަ؟ ގާސިމަކީ ފައިސާފަހަތުން ހިގާ ދުވެއުޅޭ ފައިސާގެ އަޅެއްކަން އަމަލުތަކުންދޭހަވޭ.
ގާާ ސިމްް އަކީީ ރާއްޖެދުއްް އެންމެމޮޔަ
އަންހެން ވެރިން ތިހިރީ އެމީހުން ޖެހި ބެރަކައް ނައްޓުވާފަ. ދެންނުކިޔާ މަހާނައޭ.