ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އައްޑޫއަށް ފައްޓަވާ ދަތުރުފުޅާއި ދިމާކޮށް އިންޑިއާ ސަރުކާރުގެ ވަފުދެއް އެސިޓީއަށް ދާން ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ރާއްޖެ ވަޑައިގަންނަވާނީ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝްރީ މުރަލީދަރަން އެވެ. މިއީ އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ދެދުވަހުގެ މުއްދަތަކަށް މުރައްލީދަރަން ރާއްޖެ ވަޑައިގަންނަވަނީ އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަމަލީ މަސައްކަތް ފެށުމާއި އައްޑޫ ބިން ހިއްކުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާށެވެ. މީގެ އިތުރުންވެސް އައްޑޫ ސިޓީގައި އިންޑިއާއިން ފަށާ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާނެ އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މުރަލީދަރަންގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއިއެކު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ. އަދި ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނާއިއެކު ބައްދަލުވުންތަކެއްވެސް ބާއްވަވާނެ އެވެ.
ދިވެހި ސަރުކާރުން ބުނާ ގޮތުގައި ރައީސް މިފަހަރު އައްޑޫއަށް ވަޑައިގެން ފައްޓަވައިދެއްވާނީ މުޅި އައްޑޫ ސިޓީގެ ތަރައްގީ ބަދަލުކޮށްދޭނެ ވަރުގެ ބިޔަ މަޝްރޫއުތަކެކެވެ. އެހެންނަމަވެސް އިދިކޮޅުން ދެކޭ ގޮތުގައި ރައީސްގެ ދަތުރުފުޅުގައި އޮންނާނީ ރިޔާސީ އިންތިހާބަށް ކުރެހުންތަކެއް ދައްކައިލުން އެކަންޏެވެ.
ކުރިން ވާހަކަ ދެކެވުނު ގޮތުންނަމަ މިއަދުގެ ވަގުތެއްގައި މޮރިޝަސްގެ ބޮޑު ވަޒީރު، ޕްރަވިންދު ޖުގްނައުތު ވެސް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމްޑީޕީން ވެރިކަމަށް އަންނަން ވެގެން ގެނައި ސިޔާސީ ޕާޓީ ނިޒާމާއި، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ދައުލަތުގެ މާއްލިއްޔަތު އެމީހުން ޖީބަށްލާން ގެނައި ޓެކުސްގެ ނިޒާމާއި މިދެނިޒާމް ވަނީ އެކުއެކީގައި ބޮޑުތަނުން ފެއިލްވެފައި !
ޕާޓީ ނިޒާމް ފެއިލް ކޮށްލީ އަމިއްލަ އެދުން ބޮޑު ސިޔާސީ ވަފާތެރި ކެހިވެރިން.
ޓެކުސް ނިޒާމް ފެއިލް ކޮށްލީ އަމިއްލަ އެދުން ބޮޑު ވަފާތެރި ކެހިވެރި ވިޔަފާރިވެރިން .
ރާއްޖޭގެެ ކަންކަމައްް މިހާރުގޮތްކިޔާާ ކަންކަންނިންމުންް އެހެންގައުމަކުންކޮންޓްރޯލްކުރިކުރުމަކީީ ރާއްޖެއޮތްބޮޑުނުރައްކަލެއްގެެ ފެށުންް ހުރިހިތާމައެއްގެެ ބޮޑުކަމާއެވެ