އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ދިނުމުގެ ހުއްދަ އެސްޓީއޯއަށް
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިން ފެށުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. ްްއަދި އެސްޓީއޯ އާއި ސަރުކާރާއި ބޭރުގެ ކޮންސަލްޓަންޓަކާއި އެއްކޮށް އިންޓަނޭޝަނަލް ބަންކަރިންގެ ރެގިއުލޭޓަރީ މަސައްކަތްތައް މިހާރު ނިމުމަކަށް އަންނަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޔޫއޭއީގައި އެސްޓީއޯގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖެއް ހެދުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ކުރިންވެސް އެސްޓީއޯއިން ސިންގަޕޯރ އަދި އެމްއެންއޯސީ އިން ކުރަމުން ގެންދިޔަ ތެލުގެ ވިޔަފާރި އަލުން ފަށައިގަނެ ފުޅާކުރުމަށް ވިސްނާފައިވާ ކަމަށެވެ.
“ފިއުލް ޓެރޭޑް ކުރުމަށް ރާއްޖެއިން ބޭރުގައިވެސް ވިސްނިފައިވޭ. މިގޮތުން މިހާރު ބަލަމުން މިއަންނަނީ ޔޫއޭއީގެ ރަށެއްގައި ސްޓޯރޭޖް ގާއިމްކުރުމަށް" ސައީދު ވިދާޅުވިއެވެ.
ބަންޖަރިންގެ ހިދުމަތާއި ތެޔު ސޮޓޯޜް ކުރުމަށް ފޯޅަވަހި ނުވަތަ މަލިކް ހޯދާބަލަ އޭރުން މާރަގަޅުވާނެ !
ދިވެހިން ބަންކަރިން އާއި ތެޔު ސްޓޯރް ކޮށް ތެލުގެ ހިދުމަތް ދިނުނައްޓަކައި ރާއްޖޭގެ އުތުރުގައިވާ މަލިކް އަތޮޅާއި ދެކުނުގައިވާ ފޯޅަވަހި އަތޮޅު ހޯދަންއެބަޖެހޭ އޭރުން ބަންކަރިންގެ ހިދުމަތާއި ތެލުގެ ހިދުމަތް ފޯރުކޮށްދެވޭނެ ވަރަށް ފުރިހަމަޔަށް !