ޚަބަރު ސިޔާސީ

އައްޑޫގެ ޓޫރިޒަމް ތަރައްގީ ނުވެ އުޅެނީ އިހްލާސްތެރި މަސައްކަތް ނުކުރެވިގެން: ނަޝީދު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އައްޑޫގެ ޓޫރިޒަމް ތަރައްގީ ނުވެ އުޅެނީ ރަށް ނެތިގެން ނޫން ކަމަށާއި އިހްލާސްތެރި މަސައްކަތް ނުކުރެވިގެންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ތަރައްގީގެ ބިޔަ އަދި ގިނަ މަޝްރޫއުތަކެއް އިފްތިތާހް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"ވިލިނގިލި، ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ. އައްޑޫ ސިޓީގެ ޓޫރިޒަމް ތަރައްގީ ނުވެ އުޅެނީ ރަށް ނެތިގެނެއްނޫން. މިސަރުކާރުގެ އިހްލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން ގަން އެއާޕޯޓް ހިނގަން ފެށުމުގެ އައުވިސްނުމެއް މިވަނީ މާލަސްވެފަ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްޔެ ވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފަށައިފަ އެވެ. މިއަދު ވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ފަށަން ތާވަލުކޮށްފަ އެވެ.

އައްޑޫ ސިޓީގައި މުޅިން އަލަށް ފެށި ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އަރުވަން އެސިޓީގެ ކައުންސިލުން ވަނީ ނިންމައިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!