ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސުންނަށް ހަޖޫ ޖައްސަވަމުން ރިއްފަތު ވިދާޅުވީ ދުވަހަކުވެސް ވައްކަން ނުކުރައްވާކަމަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ހަޖޫ ޖައްސަވައި، ދުވަހަކުވެސް ރައްޔިތުންގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ފޯޅަވައްސާއި ދިމާލުން އޮންނަ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް މޮރިޝަސްއަށް ދޫކޮށްލި މައްސަލައިގައި ބަންޑާރަ ނައިބު ރާއްޖެއާއި ދެކޮޅަށް ލަފާދެއްވިކަމަށް ވިދާޅުވެ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި މިމައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ރިއްފަތަށް ފުރަތަމަ އެރުވުނު 10 މިނެޓުގައި ވާހަކަ ދައްކަވަމުން ރިއްފަތު ވަނީ ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް ހަޖޫ ޖައްސަވައި ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ.

އެގޮތުން ވިދާޅުވީ އެމަނިކުފާނު މީގެ ކުރިން ވާނީ ހިލޭ ސާބަހަށް ބައެއް ރައީސުންނަށް މަސައްކަތް ކޮށްދެއްވާފައި ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ވިދާޅުވި ވާހަކަފުޅެކެވެ. ދުނިޔޭގެ ކަނޑުތަކާއި ބެހޭ ކޯޓު، އިޓްލޮސްގައި މައްސަލަ ނިމުމަށްފަހު މޮރިޝަސް ސަރުކާރުން ރިއްފަތަށް އެއްވެސް މެޑަލްއެއް ދީފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ރިއްފަތު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް ނަޝީދަށް މޮރިޝަސްއިން އެގައުމުގެ އެންމެ މަތީ ޝަރަފު އަރުވާފައިވާތީ އެކަމަށް ހަޖޫ ޖެއްސެވުމުގެ ގޮތުންނެވެ.

މީގެ އިތުރުން ރިއްފަތު ވިދާޅުވީ ފޯޅަވަހި ކަނޑުގެ މައްސަލަ ނިމުމަށްފަހު ޑޮލަރު ލާން އެސްކްރޯ އެކައުންޓެއް ހުޅުވާފައިވެސް ނުވާނެ ކަމަށެވެ. މިހެން ވިދާޅުވީ ރައީސް ޔާމީނަށް ހަޖޫ ޖެއްސެވުމަށްކަމަށް ބެލެވެ އެވެ. ރައީސް ޔާމީން އެސްކްރޯ އެކައުންޓެއް ހުޅުވައި މަނީ ލޯންޑާ ކުރެއްވިކަމަށް ތުހުމަތުތަކެއް އޭރުގެ އިދިކޮޅުން ކުރި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް ދިން ފުރުސަތުގައި ރިއްފަތު ވަނީ ސުވާލާއި ނުގުޅޭ އެތައް ވާހަކަތަކެއް ދައްކަވައިފަ އެވެ. އެހެންކަމުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މައްސަލައާއި ގުޅުންހުރި ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދުވެސް ވަނީ ރިއްފަތު އަރިހުން މައްސަލައިގެ މައުޟޫގެ ތެރެއިން ޖަވާބުދާރީވެވަޑައިގެންނެވުމަށް އެދިވަޑައިގެންފަ އެވެ.

ރިއްފަތު ވިދާޅުވީ ހަޔާތުގައި މިހާތަނަށްވެސް ދުވަހަކުވެސް ރައްޔިތުންގެ ފައިސާގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް މުދަލަކަށް ހިޔާނާތްތެރިވެވަޑައިގެންފައިވެސް ނުވާނެ ކަމަށެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވީނަމަވެސް ނިޒާމީ ނުގުތާ ނަންގަވާތީ ޖަލްސާ ކުރިއަށްދަނީ ވަރަށް ގިނަ ވަގުތު ބޭކާރުވާ ގޮތަށެވެ. އެގޮތުން ރިއްފަތަށް ޖަވާބުދާރިވެވަޑައިގަންނަވަށް އެރުވި 10 މިނެޓުވެސް 45 މިނެޓަށްވުރެއް ދިގު ދެމިގެން ދިޔަ އެވެ.

Ads by HDC
  1. ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ޔަހޫދީ އެޖެންޓުން ގެނެސްގެން ދިވެހިރާއްޖޭގެ ޝަރުއީ ޤާނޫނީ ނިޒާމް ހަރާބްކޮށް ފަސާދަކޮށަ ފަޑިޔާރުންނަށް ޖެއްސުން ކުރިމީހެއް ބޭރުކުރަންޖެހޭ ، ޖީއެމްއާރު ފޯޅަވަހި ޗޯޜުންގެ ތެރޭގައި ވެސް ހިމެނޭ މީހެއް !