ޚަބަރު ރައްޔިތުންގެ މަޖިލިސް

54 މެންބަރުންގެ ސޮޔާއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފިއެވެ.

Ads by Sosun Fihaara

މި މައްސަލަ ހުށައަޅާފައިވަނީ 54 މެމްބަރުންގެ ވޯޓާއެކުއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި އިތުރު 4 މެމްބަރަކެވެ.

އެމްޑީޕީގެ އިތުރުން ދެން ސޮއި ކުރި ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މިހާރު ތިބެނީ 56 މެމްބަރުންނެވެ. އޭގެ ތެރެއިން މިއަދުގެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަަމުގެ މައްސަލަަ މަޖިލީހަށް ވައްދަން ނިންމަން ބޭއްވި ޕީޖީ ބައްދަލުވުމުގައި ބައިވެރިވީ 42 މެމްބަރުންނެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ފާސްވީ 36 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ރައީސް ނަަޝީދު ވަކިކުރަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވައި ނުލައި މަސައްކަތް ހުއްޓުވާފައި އޮތުން، ސަބަބެއް އިއުލާން ނުކުރައްވައި ކޮންމެ ދުވަހު ރިޔާސަތު ދޫކުރެއްވުން، މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ މެންބަރުންނަށް ވާގިވެރިވުން ހިމެނެއެވެ.

މީގެ އިތުރުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވުން، އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތުގެ މައްސަލަ އަށް ހުރަސް އެޅުއްވުމާއި ވަކި ފަރާތަކަށް ޖެހިވަޑައިގެން މެންބަރުންނާ ޒާތީ ތައައްސަބެއް ބޭއްވުން ވެސް ވަކިކުރަން ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!