ޚަބަރު ސަރުކާރު

އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއް އެކުލަވާލަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއް ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިޢުލާނުކޮށްފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ފްރީ-ޓްރޭޑް-އެގްރީމަންޓެއް ސޮއިކުރުމުގެ މަސައްކަތް ފެށުމަށް ނިންމައި އެކަން މިއަދު އިޢުލާނުކުރުމާއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20% ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ 4 އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބެއްލެވުމުގެ ދަށުން ރާއްޖެއިން ދަނީ ގިނަ ގައުމުތަކަކާއި އިގްތިސާދީ ގުޅުން ގާއިމުކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

Ads by HDC
  1. ސިޔާސީ ވަފާތެރި ކެހިވެރި ވިޔަފާރި ވެރިންނަށް ދޯކާ ދެނީތޯ ؟