ޚަބަރު ސިޔާސީ

ރައީސް ނަޝީދު މަގާމުން ވަކިކުރަން ރައީސް ޞާލިހަކަށް ނުކެރޭނެ: އާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އާޒިމް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކި ކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތް މައްސަލަ އެ ޕާޓީން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގައެވެ.

މިކަމާއި ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިޖްރާޢަތް ތަކުގެ ދަށުން އެ މައްސަލަ އެޖެންޑާ ކުރަން ދުވަސް ގުނާއިރު މަޖިލިސް ޗުއްޓީއާ ދިމާވާގޮތައް ކަމަށެވެ.

”ރައީސް ޞާލިޙަކަށް އެކަން ކުރާކަަށް ނުކެރޭނެ. އެއުޅެނީ ރުއްސަން ވިކޭ މެންބަރުންކޮޅު” އާޒިމް ވިދާޅުވިއެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލިސް ރައީސްގެ މަގާމަށް ނަޝީދު އިންތިހާބު ކޮށްފައި ވަނީ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކުގައި ކަމަށާއި ވޯޓު ދީފައި ވަނީ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދިނުމަށް ކަމަށެވެ.

Ads by Allied Insurance
  1. ކައިދާ

    ޢާޒިމޫ އެއީ ސާލިހި ދިން މަގާމެއް ނޫނޭ ސާލިހުގެ އެދުމާއެކު މެމްބަރުން ދިން މަގާމެއް
    ޟިހާރު މެމްބަރުން އެއުޅެނީ ވަކި ކުރަންވެސް

  2. ޕިއޯނު

    ީއާޒިމް ހާދަ ފަހަތުގައޭ ދޯ މިއ