ޚަބަރު

އެލަވަންސް ބޮޑުކުރަން ޖެހޭނީ ޤާނޫނުން, ނޫންނަމަ ސަރުކާރުން ބޭނުން އިރަކު ހުއްޓާލެވޭނެ: އުޝާމު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އައި އެލަވެންސް ބޮޑު ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ ޤާނޫނަކުން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވެންސް މިއަދު ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. މިގޮތުން އެލަވެންސް 3,000އަށް ބޮޑުކޮށް, ނުކުޅެދޭ ފަރާތްތައް ގިންތިކޮށް, އިތުރު އެލަވެންސް ދޭން ވަނީ ނިންމާފައެވެ.

އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ނިސްބަތްވާ އެންއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މީގެ ހަތަރު އަހަރު ކުރިން އެކަމާ ގުޅޭ ގޮތުން ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްނުކުރުމުން އެކަން އެގޮތަށް ކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

އުޝާމް މިއަދު ވިދާޅުވީ ވިދާޅުވީ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެ ގާނޫނު އިސްލާހުކުރުމަށް 2019 ގައި ނާޒިމް ހުށަހެޅުއްވުމުން އެ ބިލު ފާސްކުރީސް ކަމަށެވެ.

ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000-7،000ރ. ގެ އެލަވަންސްއެއް ދިނުމަށެވެ

ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ލިބެނީ 2000ރ. އެވެ

Ads by Ooredoo
  1. ޙާލު

    ބަލިމީހުންނައްދޭޭ އެލަވަންސްް އެއީީ ޖަމަލުފޮޑިއެއްް ވަރައްބާރުލާފަަ އެވާހަކަތައްް އޮބެދައްކާާ އެކަމަކުު އެލަވަންސްް ދޭންފަށަނީީ ކޮންދުވަހަކުންކަމެއްް ސަރުކާރައްވެސްް އަދިއަދައްވެސްނޭގޭޭ ތީހަމަަ ވޯޓްބޯމަތިވީމާާ އަގަގަދަވެގެންް މީހުންގެެ ތާއީދެއްލިބިދާނެެ ގޮތެއްކަމައްބަލާފަދައްކާާ ބޭކާރުވާހަތަކެއްް އިބޫވެރިކަމައްއައީވެސްް ތިކިޔާއެލަވަންސްް ބޮޑުކޮއްދޭޭ ވައުދުތަކާއެކުު މިހާރުވެރިކަންނިމުނުއިރުވެސްް ހަމަތީއްޗެއްކިޔާލަކިޔާލަަ ތީކީި އަދިި ކަމެއްކޮއްދިނުމުގެެ މަގުސަދެއްއޮވެގެންް ވެރިކަންކުރާބަޔެއްނޫންް އިބޫމެންބޭނުންވަނީީ ދިވެހިރައްޔިތުންެ މިފަސްގަޑުގާާ މާޔޫސްކުރަންް މިހާރުމިފެންނަކޮންމެެ މަންޒަރަކުންް އެކަންއެގިހާމަވޭޭ އެބުނަނީީ މިގައުމުގައިންޑިޔާާ ސިފައިންތިބޭއަދަދާާ އެމީހުންނައްް ދިވެހިސަރުކާރުންދޭފައިސާގެެ އަދަދުު ދިވެހިރައްޔިތުންނައްސާފުކޮއްކިޔާދީފިއްޔާާ އެމީހުންރާއްޖެއައްް ކާޑުކޮޅުވެސްނުވިއްކަފާނެޔޭޭ ބަލަގަަ ކާޑުވިއްކަނީީ ހަމައެކަނިި އިންޑިޔާއިންތަަ ނޫނީީ މުއާމަލާތްކުރަންއެގެނީީ އިންޑިޔާބަހުންއެކަނިތަަ