ޚަބަރު ސަރުކާރު

ހުޅުމާލޭގައި ހަތް ބުރީގެ އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ހުޅުމާލޭގައި އޮފީސް ހިންގުމަށް ބޭނުންވާ ހަތް ބުރީގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން އާބަންކޯއިން އިއުލާން ކޮށްފި އެވެ.

Ads by Hajj Corporation

އާބަންކޯއިން ކުރި އިއުލާނުގައި ބުނީ މި އިމާރާތުގައި ބޭސްމެންޓަކާއި ޓެރެސްއެއްވެސް ހުންނަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑުތަކާ ހުރިހާ ގޮތަކުންވެސް އަޅާކިޔޭނެ އިމާރާތަކަށް ވާންވާނެ ކަމަށާއި ބައިނަލްއަގްވާމީ އިމާރާތްކުރުމުގެ ގާނޫނުތަކާއި މިންގަނޑުތަކުގެ އިތުރުން އިނގިރޭސިވިލާތުގެ މިންގަނޑުތަކުގެ ތެރެއިން އިމާރާތްކުރާ ތަނަކަށް ވާންވާނެ ކަމަށް އާބަންކޯއިން އިއުލާނުގައި ބުނެފައިވެ އެވެ.

ޒަމާނީ އޮފީސް ވަސީލަތްތަކާއިއެކު ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނަކަށް އެ އިމާރާތް ވާންޖެހޭނެ ކަމަށްވެސް އާބަންކޯއިން ބުނެ އެވެ. އެތަނުގެ ތިރީ ދެ ފަންގިފިލާ ހާއްސަކޮށްފައި ހުންނަންވާނީ ކޮމާޝަލް ހިދުމަތް ދިނުމަށްކަމަށް އާބަންކޯއިން ބުނެ އެވެ.

މި އިމާރާތް ތަރައްގީކުރަން ހާއްސަކޮށްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ސެންޓްރަލް ޕާކު ކައިރީގަ އެވެ. އެއިމާރާޓް އަޅާނީ 488.91 ސްކޮޔާ މީޓަރުގެ ބިމެއްގަ އެވެ.

މި އިމާރާތް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބިޑު ހުށަހަޅަން އާބަންކޯގެ އިއުލާނުގައި ވަނީ އެދިފަ އެވެ.

ހުޅުމާލޭގައި ސަރުކާރު އޮފީސްތައް ގާއިމްކޮށް މާލޭގައި ދެމުންގެންދާ ބައެއް ސަރުކާރު ހިދުމަތްތައް ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ތޮއްޖެހިފައިވާ މާލެއަށް ލުއިތަކެއް ލިބި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކަށް ފަސޭހަވެގެން ދާނެ އެވެ.

  1. ާއޭސީސީ، ސީސީ

    ތިޔަ އިއުލާން ތީ ނަމަކަށް ކުރާ ކަމެއް. މަސައްކަތް ހަވާލު ކުރާނެ ފަރާތަކާ، އަގާ، ނާޖާއިޒް ފައިދާއަށް ލިބުނުއެއްޗަކުން ބައިއަޅާނެ ފަރާތްތަކާއި ޕަސެންޓޭޖް މިހާރު އިންނާނީ ނިމިފަ.

  2. ކޮންމެސް މެމްބަރަކަށް ދީބަލަ ތިޔަ ޕޮރަޖެކްޓު އޭރުން މައިތިރިވާނެ ލިބޭ ވަރު މަދުވެގެން އުޅޭބަޔަކު އެއީ !