Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޒައިދު ޖާބިރަށް: ކެސީނޯއަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމަޢުގައި ފަސާދަ އުފައްދަން ބޭނުންވާ މީހުން

ޒައިދު ޖާބިރަށް: ކެސީނޯއަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމަޢުގައި ފަސާދަ އުފައްދަން ބޭނުންވާ މީހުން

ކެސީނޯއަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމަޢުގައި ފަސާދަ އުފައްދަން ބޭނުންވާ މީހުން ކަމަށް ޝެއިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު އެމްޑީޕީ އަށް ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޖާބިރު، އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ސޯލްޓް ކެފޭގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ. ޖާބިރުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

މިކަމާއި ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ އެއީ އެ ދާއިރާއަށާއި މުޅި ގައުމަށްވެސް ހުރި ހުތުރެއް ކަމަށެވެ. އަދި ކެސީނޯއަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމަޢުގައި ފަސާދަ އުފައްދަން ބޭނުން މީހުން ކަމަށާއި ﷲ ޙަރާމްކުރެއްވި ޖުވާ ނުފެތުރިގެން އުޅޭ މީހުންނަކީ ފާސިޤުން ކަމަށް ޒައިދު ވިދާޅުވިއެވެ. “ފާސިގުން ގެފަރާތުން ލިބޭނީ ގެއްލުމާއި ހަލާކު” ޒައިދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އެމްޑީޕީއަށް ސޮއިކުރުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ އަލުން އަނބުރާ ރުޖޫއަވީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކަމަށެވެ.

އެ ރަސްމިއްޔާތަށްފަހު ރައީސް ޞާލިޙް ވިދާޅުވީ ޖާބިރު، އެމްޑީޕީއާ ގުޅުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. ކުރިއަށް އޮތް އިންތިހާބުގައިވެސް ޖާބިރުގެ އެހީތެރިކަން ލިބޭނެކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް