ޕީޕީއެމް އޮންނާނީ ހަމަހަމަކަމާއި އެކުވެރިކަމާއި އެކު ކުރިޔަށް ދާ ޕާޓީއެއްގެ ގޮތުގައި: އަދުރޭ
ޕީޕީއެމް އޮންނާނީ ހަމަހަމަކަމާއި އެކު އެކުވެރިކަމާއި އެކު ކުރިޔަށް ދާ ޕާޓީއެއްގެ ގޮތުގައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ އެއްވެސް ގައުމެއްގެ ދަށުވެ އެ ބަޔަކު ބޭނުންވާ ގޮތަކަށް މަސައްކަތް ކުރާނެ ޕާޓީއެއް ނޫންކަމަށެވެ.
އަދި އެ ޕާޓީއަކީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދިނުމަށް ކުރަމުން ދާ މަސައްކަތްތައް ހުއްޓުވުމަށް ކެރިގެން ނިކުންނާނެ ޕާޓީކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ބޭނުންވަނީ މިނިވަންކަމާއި ރާއްޖޭގެ އަމިއްލަވަންތަކަމަށް އިހްތިރާމް ކުރާ ބައެއަ ކަމަށެވެ. “ހަމަހަމަކަމާއި އެކުވެރިކަމާއި އެކު މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް، ޕީއެންސީ އޮންނާނީ” އަދުރޭ ވިދާޅުވިއެވެ.