ޚަބަރު ސިޔާސީ

އެމްޑީޕީއާ ވާދަކުރެވޭނީ ޕީޕީއެމަށް، ޑިމޮކްރެޓްްސް ކައުންޓެއް ނުކުރެވޭނެ: މޫސަ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި ވާދަކުރެވޭ ޕާޓީއަކަށް އޮތީ ޕީޕީއެމް ކަމަށާއި، ޑިމޮކްރެޓްސް ޕާޓީ އަކީ 'ކައުންޓް' ކުރާ ބައެއްނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެެ.

Ads by Sosun Fihaara

ރާއްޖޭގެ އޮންލައިން މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރީކޯ ވިދާޅުވީ ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީއަށް އޮތް ޗެލެންޖެއް ނޫންކަމަށެވެ. އަދި އެއީ މިހާރު 'ކައުންޓް' ކުރާ ބައެއް ނޫންކަމަށާއި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ވާދަކުރެވޭ ޕާޓީއަކަށް އޮތީ ޕީޕީއެމްކަމަށެވެ.

ދެން ތިބީ ކުދި ޕާޓީތަކެއްކަމަށް ވިދާޅުވަމުން ރީކޯ އިތުރަށް ވިދާޅުވެފައިވަނީ، އެމްޑީޕީން ވަކިވެގެން ދިޔަ ބަޔަކަށް އެމްޑީޕީގެ "ފިކުރެއް" ނުދިރުވޭނެކަމަށާއި އެ ފިކުރު ދިރުވޭނީ ސީދާ އެމްޑީޕީއަށް އެކަނި ކަމަށެވެ. އަދި އެ ފިކުރަނީ ރާއްޖޭގެ ރައްޔިތުން ބަލައިގަނެފައިވާ ފިކުރެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިމާވެފައިވަނީ ދެރަ ޙާލަތެއްކަމަށާއި އެ މަނިކުފާނު ރާއްޖޭގައި ވެރިކަން ކުރައްވަން ބޭނުންފުޅުވާނަމަ، އެންމެ ރަނގަޅުވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ހުންނަވައިގެން ގޮތެއް ހޯދުންކަމަށްވެސް ރީކޯ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވެރިކަމެއްވެސް ބޮޑުވަޒީރުކަމަށްވެސް ދެން އެމަނިކުފާނަށް ވަޑައިނުގެންނެވޭނެ ކަމަށާއި އެމްޑީޕީއަށް އެނބުރި ވަޑައިގަންނަވަން ބޭނުންފުޅުވިޔަސް، އެ ފުރުޞަތުވެސް ދެން އެމަނިކުފާނަށް ނެތްކަމަށް ރީކޯ ވިދާޅުވިއެވެ. އަދި އެފަދަ ފުރުޞަތެއް އެމަނިކުފާނަށް ދެއްވައިފިނަމަ، އެ ޕާޓީގައި ރީކޯ ނުހުންނަވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"ރަނގަޅު ހެއު އަގުލަބިއްޔަތަކުން މި ގާނޫނު އަސާސީގެ ދަށުން ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ،" ރީކޯ ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމާއި، ދަ ޑިމޮކްރެޓްސް އަށް ސޮއިކުރުން ވެގެންދާނީ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް 'ކަފުންކޮށް ވަޅުލެވިގެންދާނެ' ކަމެއް ކަމަށް ރީކޯ ފާހަގަކުރެއްވިއެވެ.

Ads by HDC
  1. އެހެންވެ ޕޕމ ހިލަހިލާ ޖަހާގެން ސޯލިހު އެއުޅެނީ