ޚަބަރު ސިޔާސީ

ރިޔާސީ ރޭހުގައި ދަ ޑިމޮކްރެޓްސް އުޅެނީ ފަހަތުގައި ކަމަށް ޝިޔާމް ވިދާޅުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ ރޭހުގައި، އަލަށް އުފެއްދި "ދަ ޑިމޮކްރެޓްސް" އުޅެނީ ފަހަތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ރޭގައި ބޭއްވި ޖަލްސާގައި، މިއަހަރުގެ ރިޔާސީ ރޭހުގައި އެންމެ ބުއްދިވެރިވާނީ ރައީސް ނަޝީދާއި ރައީސް ޔާމީނު ވާދަނުކޮށް، ގޮތް ދޫކުރުމަށްފަހު ދެބޭފުޅުން ގުޅިގެން މަސައްކަތް ކުރުމުންކަމަށް ކުރީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވުމުން، އެ ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުކަމަށާއި، މި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު އަދި ދަ ޑިމޮކްރެޓްސް އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށެވެ.

"އަދި އެބޭފުޅުން ކެނޑިޑޭޓެއްވެސް ނުދައްކަވާ. ޕީޕިއެމް/ޕީއެންސީން މާކުރިން ވަނީ ރައީސް ޔާމީން ކެނޑިޑޭޓެއްގެ ގޮތުގައި ނިންމާ ކެމްޕޭންވެސް ފަށާފައި" ޝިޔާމުގެ ޓްވީޓުގައިވެއެވެ.

އިދިކޮޅު ޕީޕީއެމް އިން ރައީސް ޔާމީނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދީފައިވާއިރު، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!