މުޙައްމަދު އިސްމާއީލް ރައީސް ނަޝީދަށް: ރައީސް ޔާމީން ކަންކުރަންވީ ގޮތް ކިޔާދިނުން ހަޑި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް, ރައީސް ޔާމީން ކަންކުރަންވީ ގޮތް އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ކިޔާދިނުން ހަޑި ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު އިސްމާއިލް މިފަދަައިން ވިދާޅުވީ ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ޣިޔާޘުއްދީން ސުކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަނުކޮށް, ދެ ފަރާތުން އެއްބަސްވާ ތިންވަނަ ކެނޑިޑޭޓެއް ނެރެން ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މުޙައްމަދު އިސްމާޢީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް / ޕީއެންސީގެ 2023 ގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ނުކުރެއްވުމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުން ކަމަށާއި ރައީސް ޔާމީން ކަން ކުރަންވާ ގޮތް ވިދާޅުވުން ހަޑި ކަމަށެވެ.
ރައީސް ނަޝީދުގެ ސިޔާސީ ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރައްޔިތުން ބޭނުންވަނީ ރައީީސް ޞާލިޙުގެ ވެރިކަން ބަދަލުކުރުމަށްކަމަށާއި، އެކަން އެގޮތަށް ކުރުމަށް އެހެން ޕާޓީތަކުންނާއި އެމަނިކުފާނުވެސް ގޮތް ދޫކުރުން ބުއްދިވެރިކަމަށް ވިދާޅުވެފައެވެ.