ޚަބަރު ސިޔާސީ

އެމްޑީޕީން މެމްބަރުން ވަކިވުމަކީ ކާމިޔާބީއެއްގެ ގޮތުގައި އިމްރާން ސިފަކުރައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝެއިޚް އިމްރާން، ރައީސް ޞާލިޙާއެކު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން އެޕާޓީއާއި ދުރަށް ދިޔުމަކީ ލިބޭ ކާމިޔާބީއެއްގެ ގޮތުގައި ހޯމް މިނިސްޓަރުކަން ކުރައްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ސިފަކުރައްވައިފިއެވެ.

Ads by MWSC

ޓުވީޓެއްގައި އިމްރާން މިފަދައިން ސިފަކުރެއްވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ގިނަ މެންބަރުން ޕާޓީން ވަކިވެގެން ދިޔުމާއި ގުޅިގެންނެވެ. އޭނާ ވިދާޅުވީ ސަރުކާރާއި ދައުލަތުގެ މަގާމުތަކުގައި ތިއްބެވައިގެން ސަރުކާރަށް ހުތުރުވާ ގޮތަށް އަމަލު ހިންގާ މީހުން ޕާޓީން ވަކިވެ ސަރުކާރާ ފެޔަށް ޖެހުމަކީ ލިބޭ މޮޅެއް ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު އެޕާޓީން ވަކިވުމާއި ގުޅިގެން ގިނަ އަދަދެއްގެ މެމްބަރުންތަކެއް ދަނީ އެމްޑީޕީން ވަކިވަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި ބައެއް ވުޒާރާތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚަަބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތައީދު ކުރައްވަން ނިންމާފައިވަނީ އިމްރާނުގެ އަދާލަތު ޕާޓީންނާއި ސަން ސިޔާމްގެ އެމްޑީއޭއިން އެކަންޏެވެ. މިހާރު ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއިންވެސް ރައީސް ޞާލިހަށް ތާއީދު ނުކުރަން ވަނީ ނިންމައިފައެވެ.

އަދާލަތަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުން މެމްބަރުކަން ކުރާ ސިޔާސީ ޕާޓީއެކެވެ.

އެހެންކަމުން ބޮޑު ޕާޓީއެއްގެ ނިވަލުގައި ނޫންގޮތަކަށް އެޕާޓީއަށް ސަރުކާރުގެ އިސް މަގާމުތައް ނުފުރޭނެއެވެ.

ސިޔާސީ މަޤާމުތައް ފިޔަވައި އިންތިހާބީ މަގާމެއްގައި އަދާލަތު ޕާޓީގެ މެމްބަރުން ވަރަށް މަދެވެ.

އެގޮތުން މިވަގުތު އޮތް ރައްޔިތުންގެ މަޖިލީހުގައިވެސް އެއްވެސް ގޮނޑިއެއް އަދާލަތު ޕާޓީން ނުފުރައެވެ.

އަދާލަތުން ކައުންސިލްތަކުގެވެސް ފުރަނީ ވަރަށް މަދު ގޮނޑިއެކެވެ.

Ads by Ooredoo
  1. ކަނބުލޮ

    ތީ ތިޔަމީސް މީހުންގެ ރޭވުން. އަދި ތިޔަ އެންމެން އެކަތިގަނޑަކަށްވާނެ. ބަލަނތިބޭތި.