އެޗްޕީއޭގެ ދޯދިޔާކަން، ފައްސިވީ މީހެއްގެ ދުލުން: 18 ދުވަސްވީ އިރުވެސް ފެސިލިޓީ އަށް ނުގެންދޭ
ކޮވިޑް-19 އަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވާ އެތައް ބަޔަކު ނަފްސާނީ ގޮތުން ބަލިކަށި ކުރުވި ބައްޔެއް ކަން ގައިމެވެ. ކޮވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް ފެތުރެމުން މިދާ ބާރު މިނަކީ ކަންބޮޑުވާން ޖެހޭ ބާރު މިނެއްކަން ޔަގީނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން މި ބަލި ފެތުރުން ހުއްޓުމަށް ޓަކައި މަސައްކަތް ކުރަމުން ދާއިރު ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޕީއޭ އަށް ދަނީ އަމާޒު ވަމުންނެވެ.
ކުރިންވެސް އެޗްޕީއޭ ވުޖޫދުގައި އޮތެވެ. ނަމަވެސް އެޗްޕީއޭ އާއި ދިމާލަށް މީހަކު އެއްޗެއް ކިޔާ އަޑެއް ނާހަމުއެވެ. މިހާރު ކޮންމެއަކަސް މީހުން އެޗްޕީއޭ ޒިންމާދާރު ކުޑަކަމަށް ބުނެ ވާހަކަ ދައްކާނީ ކޮންމެވެސް ސަބަބެއް އޮވެގެން ތާއެވެ.
މިއީ ކޮވިޑް-19 އަށް ފައްސިވި ޕޭޝަންޓަކު އެޗްޕީއޭ ފެއިލް ވެއްޖެ ކަމަށް ބުނެ ހިއްސާ ކޮށްފައިވާ ވާހަކައެކެވެ. ކޮވިޑް-19 އަށް ފައްސިވެ އެތައް ދުވަހެއް ވީއިރުވެސް ކަރަންޓީނު ފެސިލިޓީ އަށް ނުގެންދިޔަ ގޮތުގެ ވާހަކައެވެ. މި ބަލިމީހާ ވަނީ "ދެން" އަށް އޭނާގެ ވާހަކަ ހިއްސާ ކޮށްފައެވެ.
ދެން އާއި ވާހަކަ ދައްކަމުން މި ބަލިމީހާ ބުނީ އޭނާ ކޮވިޑް-19 އަށް ފައްސި ވުމުގެ ސަބަބުން 14 ދުވަސް ވަންދެން ގޭގެ އެންމެން ކަރަންޓީނު ވާން އެންގި ކަމަށެވެ. އެގޮތުން އެޗްޕީއޭ އިން ގުޅައި އެދުވަހުން ފެށިގެން ހޯމް ކަރަންޓީންގައި ތިބުމަށް އެންގި ކަމަށާއި އަދި ފެސިލިޓީއަށް ގެންދިއުމަށް ގުޅާނެ ކަމުގައި ވެސް ބުނި ކަމުގައި އޭނާ ބުންޏެވެ. އަދި ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ބަލައި އަންނާނެ ކަމަށްވެސް ބުނި ކަމުގައި އޭނާ މައުލޫމާތު ދިނެވެ.
އެޗްޕީއޭ އިން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް ގުޅާނެ ކަމުގައި ބުނި ނަމަވެސް އަދިއަދަށް ދާންދެން ވެސް ނުގުޅާ ކަމުގައި އޭނާ ބުންޏެވެ. އަދި ކަރަންޓީނު ފެސިލިޓީއަށް ގެންދަން ނުވެސް އަންނަ ކަމުގައި އޭނާ ބުންޏެވެ. އަދި އެ މީހުން އެޗްޕީއޭ އަށް ގުޅުމުން ބަލައި އަންނާނެ ކަމަށް ބުނި ނަމަވެސް ހަބަރެއް ނުވާ ކަމުގައި ވެސް އޭނާ ބުންޏެވެ.
ކަރަންޓީންގައި ތިބޭތާ މިއަދަށް 18 ދުވަސް ވެއްޖެ ކަމުގައި އޭނާ ބުންޏެވެ. ގެ ކަރަންޓީނު ކުރި ކަމަށް ގޭގައި ހިއްޕާ ލިޔުން ވެސް ހިއްޕީ ކަރަންޓީނު ކުރިތާ 5 ދުވަސް ފަހުން ކަމުގައި އޭނާ ބުންޏެވެ. އަދި އެ ނޯޓިސްގައި ލިޔެފައި ވަނީ އެހެން ތާރީހެއް ކަމަށާއި ކަރަންޓީނު ވުމަށް އެންގީ އެހެން ތާރީހެއްގައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ޑައިރެކްޓު ކޮންޓެކްޓް ވީ މީހުންގެ ތެރޭގައި ހިމެނެނީ ގިނައިން ވަޒީފާގައި އުޅޭ މީހުން ކަމުގައި އޭނާ ބުންޏެވެ. އެހެން ކަމުން ޑައިރެކްޓް ކޮންޓެކްޓް ވީ ކަން އަންގައިދޭ ލިޔުމެއް ދިނުމަށް އެދުމުން ވެސް ލިޔުން ދީފައިވަނީ އެންމެ 2 މީހުންނަށް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
މި ނިމުނީއެއް ނޫނެވެ. އެގޭގައި އުޅެނީ ގިނައިން ހައި ރިސްކު މީހުންނެވެ. އެގޮތުން ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުންވެސް ގޭގައި އުޅޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކޮވިޑަށް ފައްސިވީ ނަމަވެސް އޭނާ (މި ވާހަކަ ކިޔައިދިން ކުއްޖާ) އަދިވެސް ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމަށް ނުގުޅާ ކަމުގައި އޭނާ ބުންޏެވެ.
ކަރަންޓީނު ކުރިތާ 10 ވަނަ ދުވަހު އޭނާ ވަރަށް ބަލިވެގެން މާ ބޮޑަށް މެއަށް ތަދުވާތީ އެޗްޕީއޭ އަށް ގުޅި ކަމަށާއި ބޭސް ސިޓީއެއް އެބަ ދެން ކަމުގައި ބުނި ނަމަވެސް އެވަރުވެސް ކޮށްދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެރޭ ބަލިވެގެން ގުޅުމުން ކަރަންޓީން ފެސިލިޓީއަށް ދިއުމަށް ރެޑީ ވުމަށް އެންގި ކަމަށާއި ނަމަވެސް އެރޭ ވެސް ބަލައި ނާންނަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
އެދުވަހުގެ ފަހުންވެސް ކަރަންޓީނަށް 8 ދުވަސް މިވަނީ ވެފައެވެ. 14 ދުވަހަށް ކުރި ކަރަންޓީނަށް މިހާރު ޖުމްލަ 18 ދުވަސް މިވަނީ ވެފައެވެ. ނަމަވެސް އަދިއަދަށް ދާންދެން ވެސް އެޗްޕީއޭ އަށް އެ އާއިލާއާއި މެދު ގޮތެއް ނިންމިފައި ނުވާކަން ފާހަގަ ކުރެވެއެވެ.
އެޗްޕީއޭ އަށް ގުޅުމުންވެސް ޖަވާބުދާރީ ނުވެވޭ ކަމަށާއި ކޮންމެ ފަހަރަކުވެސް އެއީ އެހެން ޑިޕާރޓްމަންޓަކުން ކުރާ ކަމެއް ކަމުގައި ބުނެ ކޯލް ޕާސް ކުރާ ކަމުގައި ބުންޏެވެ. ކޯލް ޕާސްކުރި ނަމަވެސް ޕާސް ކުރުމުން ވެސް ޖަވާބުދާރީ ވެވޭ ވަރުގެ ބޭފުޅަކާ ބައްދަލު ނުވާ ކަމުގައި އޭނާ ބުންޏެވެ.
ބަލީގެ ޝިކާރައަކަށް އޭނާ ވެފައިވާއިރު އޭނާ އަކީ ކިޔަވާ ކުއްޖެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ކިޔެވުމަށް ވެސް އެތައް އަސަރު ތަކެއް ކޮށްފައިވާ ކަމުގައި އޭނާ ބުންޏެވެ. އަދި އެކަމުގެ ސަބަބުން އޭނާ ވަރަށް ކަންބޮޑުވެ ހާސްވާ ކަމަށާއި ކަރަންޓީނުގައި އެހާ ދުވަސްވެ އެޗްޕީއޭ އިން އަދިވެސް ގޮތެއް ނިންމާފައި ނުވާތީ ނަފްސާނީ ގޮތުންވެސް ބަލިކަށިވެފައިވާ ކަމުގައި އޭނާ ބުންޏެވެ.
މިއަދު 14 ދުވަހުގެ ކަރަންޓީނަށް 18 ދުވަސް ފުރިހަމަ ވެފައިވާއިރު ރިލީޒް ލެޓަރ ދިނުމަށް މާދަން މިގުޅަނީ ކަމުގައި ބުނާތާ ވެސް މިހާރު ވަރަށް ދުވަސް ވެއްޖެ ކަމުގައި އޭނާ ބުންޏެވެ. އަދި ރިލީޒް ލެޓަރ ނުލިބުމުގެ ސަބަބުން އޭނާ އަދިވެސް ކޮޓަރީގައި ބަންދުވެފައި ހުރި ކަމަށާއި އެއީ ވަރަށް ވޭން ހުރި ކަމެއް ކަމުގައި އޭނާ ބުންޏެވެ.
އެޗްޕީއޭ ވަނީ ފެއިލްވެފައިކަން ފާހަގަ ކުރަމުން އޭނާ ބުނީ ރައްޔިތުންގެ ގާތުގައި ފަރުދީ ޒިންމާ އަދާކުރުމަށް ބުނެ އަތް ދޮވުމަށް ބުނުމަށްފަހު، އެޗްޕީއޭ އިން އެބޭފުޅުންގެ ޒިންމާ އަދާ ނުކުރާ ކަމީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެބޭފުޅުންގެ ސަބަބުން އެތައް ފުރާނައެއް ދުނިޔެއާއި ވަކިވެގެން ގޮސްފާނެ ކަމަށާއި މިފަދަ ކަންކަމުގައި މިއަށްވުރެން ޒިންމާދާރު ވާން ޖެހޭ ކަމުގައި އޭނާ ބުންޏެވެ.
މިއީ އެންމެ ބަލިމީހެއްގެ ވާހަކައެވެ. ފައްސި ވުމުންވެސް ކަރަންޓީނު ފެސިލިޓީއަކަށް ނުގެންގޮސް ތިބީ ކިތައް މީހުންތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީ މި ސަބަބަށް ޓަކައެވެ. އެޗްޕީއޭގެ ހިންގުން ދޯދިޔާކަން މިފަދަ އެންމެ ވާހަކައަކުން ވެސް ސާފުވާކަން ގައިމެވެ.
އަދިވެސް ޓީވީއެމް އިން މޮޅެތި ރިޕޯޓްހަދާއިފަ ދައްކާ މިގޭވެސް ކަރަންޓީން ކުރިފަހުން 20 ދުވަސްވީ
އަސްލުވެސް ވ ފަރުވާ ކުޑަ ބައެއް
ވިގެވެސ ކަރަންޓީނ ކޮށްފައި އެމީހުން ހަބަރެއް ނުވޭ
ވިގެވެސ ކަރަންޓީނ ކޮށްފައި އެމީހުން ހަބަރެއް ނުވޭ މރަށުވެސް ފޮޒިޓިވ ވި މީހު އެބަ ތިބި
މިގެއިން ވެސް 3 މީހުން ފައްސިވި ތަނާ ލެބް އިން ގުޅި ގަޑި އިރު ނުވަނީސް އެޗަޕީއޭ އިން ގުޅި ކޮންޓެކްޓް ވީ މީހުން ގެ ހުރިހާ މައުލޫމާތު ޙޯދި ހާލުބަލާ ފޯމް ފުރަން އެދުނު ހައިރިސްކް ވި މީހުން ގެ ޓެސްޓް ނެގި 48 ތެޜޭގަގަ 4 ދުވަސް ތެޜޭ ފައްސިވި މީހުން ފެސިލިޓީ އަށް ގެން ދޔަ
ތިކަހަލަ މަދު ގެޔެއްގަ ރަގަޅަށް ކަންތައް ދަނީ. ތިޔަބޭފުޅުން ހަމަ ނަސީބު ގަދައީ.
ބަލިޖެހުމަކ އެމީހާ ކުރާ ކުށެއްގޮތުގ ޓްރީޓްކުރީތަނ މިއޮތ އްއިސ …. މަވެސ ޕޮޒިޓްވ ހަމ ފީލ ވި އެހެނ އެ މީހުންްގ އަމަލްތަކުން
ބަަަަލަ އެވެސް އިންސާނުން. އެންމެން އެއްފަހަރާ ޕޮޒިޓިވް ވީމަ އެމީހުން ކިހެނެއްހަދާނީ. ނުކައި ނުނިދާ ކިތައްރޭ އެމީހުން ޤައުމަށް ހިދުމަތް ކޮއްދެމުން އެދަނީ. ބަރަކާތް ލައްވާ ކެއްތެރިކަން ދެއްވާށި.