ޚަބަރު ސިޔާސީ

ރައީީސް ޞާލިޙު އެމްޑީޕީގެ ކެމްޕެއިނަށް ބޭނުން ކުރެއްވީ ދަޢުލަތުގެ އުޅަނދުތައް: އުޝާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެމްޑީޕީއަށް ކެމްޕޭން ކުރެއްވުމަށް ބޭނުން ކުރެއްވީ، ދަޢުލަތުގެ އުޅަނދުތައް ކަމަށް މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ބޭނުން ކުރައްވަމުން ގެންދަވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއް ކަމަށް އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ބުނުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އުޝާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައި ރައީސް ޞާލިޙު އެމްޑީޕީއަށް ކެމްޕޭނު ކުރެއްވުމަށް ބޭނުން ކުރެއްވީ ދަޢުލަތުގެ އުޅަނދުތައް ކަމަށެވެ.

ރައީސް ޞާލިހު ކެމްޕެއިން ދަތުރުތައް ކުރައްވަނީ 40 މިލިއަން ރުފިޔާގެ އަގުބޮޑު ލަގްޝަރީ ލޯންޗެއްގަ އެވެ. އެ ލޯންޗު ކުއްޔަށް ނެގީ ކެމްޕެއިންގެ ދަތުރުތަކަށް ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރަން ބޭނުން ނުވާތީ އެވެ.

ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް ރައީސް ޞާލިހު ދަތުރުކުރެއްވީ ކުއްޔަށް ހިފި ލޯންޗެއްގައެވެ. އަދި މިހާރު ކުރަމުންދާ ކެމްޕެއިންގެ ދަތުރުތަކަށްވެސް ލޯންޗު ކުއްޔަށް ނެގީ އެއުސޫލުންކަމަށް އެ ޓީމުން ބުނެއެވެ.

 

Ads by Allied Insurance
  1. ހަސަންބެ

    ބަލަ އެއީ ރައީސް މޮޔަގަނޑު