ބޮލީވުޑް މުނިފޫހިފިލުވުން

ނަމަކީވެސް އިންސާނާއަށް ވަރަށް އަސަރު ކުރާއެއްޗެއް ކަމުން ސަނާގެ ދަރިފުޅަށް ކީ އިސްލާމީ ނަމެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިސްލާމް ދީނާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ފިލްމީ ދާއިރާ ދޫކޮށްލި ސަނާ ޚާންގެ އަލަތު ދަރިފުޅަށް ނަން ކިޔައިފިއެވެ.

Ads by Sosun Fihaara

ސަނާ އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް އަށް ފިރިހެން ދަރިއަކު ލިބިފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. މި ދެމަފިރިން އެމީހުންގެ ތުއްތު ދަރިފުޅަށް ދީފައިވާ ނަމަކީ ސައްޔިދު ޠާރިޤު ޖަމީލުއެވެ.

"ނަމުންވެސް އިންސާނާއަށް ވަރަށް ގިނަ އަސަރުތައް ކުރާކަމަށް ބުނޭ. އެހެންވެ އަހަރެން ބޭނުންވީ، ދީންވެރިކަމާއި، މަޑުމައިތިރިކަމާއި، އަޅާލުމާއި، ތެދުވެރިކަން ރަމްޒުކޮށްދޭ ނަމެއް. ޖަމީލުގެ މާނައަކީ ރީތިކަން، ޠާރިޤުގެ މާނައަކީ އުފާވެރި" ސަނާ ބުންޏެވެ.

ސަނާއަށް ދަރިއަކު ލިބިފައި މިވަނީ، ފިރިމީހާ އަނަސް، ޙައްޖުގެ އަޅުކަމަށް ފަހުގައި، އެނބުރި އައިތާ ކުޑަ ދުވަސްކޮޅެއްވީތަނާއެވެ.

މާބަނޑުކަން ހާމަކޮށް، މީގެ ކުރިން ދިން އިންޓަރވިޔުއެއްގައި ސަނާ ވަނީ، ދަރިފުޅު އުރާލުމަށް އޭނާ ކެތްމަދުވެފައި ހުރި ކަމަށް ބުނެފައެވެ.

ސަނާ އެކްޓިން ދޫކޮށްލީ، އިސްލާާމް ދީން އެންގެވި ގޮތަށް އުޅުމަށެވެ. އޭނާ އަނަސް އާއި ކައިވެނި ކުރީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Ads by HDC
  1. ފަޅޯ ބިން ސަޓަނި

    ދިވެހިން އެކަމަކު މިއުޅެނީ އާރިޔާާނާ އަކާ ކައިލީ އަކާ ކީތު އަކާ އެރިކް އާ މިނޫނަސް ކްރިސްޓިއަން ނަންތައް ދަރިންނަށް ކިޔުމުގަ އަވަދިނެތި. އެންމެ ޖޯކު ކަމަކީ އަދި އެ ލާދީނީ ނަމުގެ ފަހަތަށް ބިން ނޫނީ ބިންތި ލާފަ ބައްޕަގެ ނަން ލާތީ. 100 % އިސްލާމީ ގައުމެކޯލަ. ބޯހަލާކު. ސަނާހެން އުޅެބަލަ. އެތިބެނީ ރޯލްމޮޑެލުން. ހެދުުން ލައިގެން އޮރިޔާމާ އުޅޭ ކާޑޭޝިއަން އާއިލާ އުޅޭގޮތް ކޮޕީ ކިރާ ހިތްވަނީ. ދެން ދީނީ އެއްޗެއް ޕޯސްޓު ކޮއްލީމަ އެއޮތީ އިިސްލާމީ ވެފަ. ވަރިހަމަ ގިބުލަ ވީ ފަޅި ނޭގުނަސް. ދަރިންނަށް ކާފަރު ނަން ކިޔަސް. މި ކޮމެންޓު ޖަހާލަން ކެރޭނެބާ؟

    • ިލައްކަ ވާހަކަ

      ވަރައް ރަނގަޅު ވާހަކަެއް

      • އަސްލުވެސް ވަރަށް ފުރިހަމަ