ޚަބަރު ސިޔާސީ

ފެންނަ މަންޒަރަށް ބަލާއިރު މިފަހަރު ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތް: ޒައިދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ފެންނަ މަންޒަރާއި ލަފައަށް ބަލާއިރު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓެއް ނުފެންނަ ކަމަށް ޝެއިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތީ ތައުލީމާ ތަޖުރިބާހުރި ބައެއް ބޭފުޅުން ޕީޕީއެމްގައި މިހާރުވެސް އެބަތިބި ކަމަށެވެ. އެހެންނަމަވެސް ޕާޓީ ތަމްސީލު ކުރާއިރު އެބޭފުޅުން ނުފެންނަނީ ކީއްވެތޯ ޒައިދު ވަނީ ސުވާލުކޮށްފައެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރާ ލަފަޔަށް ބަލާއިރު މިފަހަރު ޕީޕީއެމް ކެނޑިޑޭޓެއް ނެތް. އަދި އަރަނީ 3000 ޕާޓީ ފަހަތަށް. މިއީ ވަރަށް ބޮޑު ވެއްޓުމެއް" ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅުން މިހާރު ވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ފައްޓަވާފައެވެ. ކެނޑިޑޭޓަކު ނެރުމާއި ގުޅިގެން އިދިކޮޅުން ވިދާޅުވަނީ ޖަލުގައި އޮތް ނަމަވެސް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.

Ads by Ooredoo
  1. ޑިމޮކްރަސީ

    ތިތިބީ ހަމަ ރަގަޅު ކެންޑިޑޭޓުންނެއްނު ހަމަކަމުދާނެ ދޯ ނެތްތާކަށް ފުއްދާލަން