ރައީސް ޞާލިޙަކީ ޙިކުމަތްތެރި ތަފާތު ލިޑަރެއްކަން ސާބިތުވެއްޖެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ޑީޑީ ކިރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ކުރިން ވެރިކަމުގައި ހުންނެވި އެއްވެސް މީހަކާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނުވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިޙް 2023ގެ ރިޔާސީ ކެމްޕޭން ފަށާފައި ވަނީވެސް ބޮޑު ކޯލިޝަނަކާއެކު ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
“ރައީސް ޞާލިޙަކީ ޙިކުމަތްތެރި ތަފާތު ލީޑަރެއްކަން ސާބިތުވެއްޖެ. ވެރިކަމުގައި ހުންނެވި އިރު މީގެ ކުރިން އެއްވެސް ލީޑަރަކަށް ކޯލިޝްން ހެދިފައެއް ނެތް. އެކަމަކު ރައީސް ޞާލިޙް 2023 ކެމްޕެއިން ފެއްޓެވީވެސް ބޮޑު ކޯލިޝަންއާއެކު ކަން ކަށަވަރު” ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑީޑީ މިފަދައިން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޞާލިޙުގެ ރިޔާސީ ކެމްޕެއިން އަތޮޅު ތެރޭގައި ރަސްމީކޮށް ފެށުމަށް ށ. އަތޮޅަށް ވަނީ ފުރާވަޑައިގެންފައެވެ.
އެއްތައްޓަކުން ކައިބޮއި އުޅެފަ ވިޔަސް ނަސީދަށް ވުރެ ސާލިހް ގެ ވިސްނުން ރަނގަޅު. ނަސީދު ވަކި ހިސާބަކުން ގާނޫނުއަސާސީ ހުއްޓިފައޮތްކަން އިއުލާންކޮށް ގާނޫނުއަސަސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް ލިޔެފަ ޑިކްޓޭޓަރ ސިޕް ނަގާ ނުހިފެހެއްޓިގެން އިސްތިއުފަ ދީފި. ސާލިހް މިހާރު އެ ދުއްވަނީ ގަދަކަނޑެއްގަ ބޮޑެތި ރާޅިތަކުތެރޭ . އެކަމަކު ގާނޫނުއަސަސީ ގަޑުބަޑުކޮށް އަތށް ނެގި ވާހަކަ ވިދާޅުނުވޭ. މިއީ ނަސީދާއި ސާލިހް ގެ ހުރި ތަފާތު