ޚަބަރު ސިޔާސީ

މެމްބަރުން ފާރު މަތިން އުކައިލުން، ރައީސް ނަޝީދަށް ޖެހެނީ ދިފާޢު ކުރައްވަން: ޢަލީ ޒާހިރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނިމިދިޔަ ސަރުކާރުގައި މަޖިލީހުގެ ތެރެއިން ސަރުކާރާއި ދެކޮޅަޒް މަސައްކަތް ކުރި ޕާޓީގެ ބައެއް މެމްބަރުން މަޖިލީހުގެ ފާރުމަތިން އުކާލި ކަމަށާއި، އެކަން މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދަށް ވަނީ ދިފާޢު ކުރަން ޖެހިފައި ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢާލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކޮންމެ ގޮތަކަށް ކަން ކުރެއްވިޔަސް، އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ސިފައިން ނުފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުމުން އެކަމަށް ނަޝީދު ރައްދު ދެއްވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަން ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ޤާނޫނީ ގޮތުން ބަލާއިރު، ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި މަޖިލީހަށް ސިފައިން ވެއްދުމާއި، ނުވެއްދުމަކީ މަޖިލީހުގެ ރައީސްގެ އިޙްތިޔާރުގައި އޮންނަ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޢަލީ ޒާހިރު ވިދާޅުވީ ކުރީ ސަރުކާރުގައި ހިންގި އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ނިކުތް މަޖިލިސް މެމްބަރުން މަޖިލިސް ފާރުމަތިން އުކާ ހެދި ހެދުންވެސް ރައީސް ނަޝީދަށް ވަނީ ދިފާއު ކުރަން ޖެހިފައިކަމަށެވެ.

ރޭ ށ.ފޯކައިދޫގައި އޮތް ކެމްޕޭން ޖަލްސާއެއްގައި ރައީސް ވިދާޅުވީ މިހާރު މަޖިލިސް ހިންގަމުން ގެންދަވަނީ މަޖިލިސް ރައީސް ބޭނުންފުޅު ގޮތަކަށް ކަމަށެވެ.

 

  1. ނައިފަރު ދާއިރާ މެމްބަރު އަދި މާވަށު ދާއިރާ މެންބަރު އަވަދި ކޮއްލީ މިދައުރު