ޚަބަރު ސިޔާސީ

ރައީީސް ޔާމީންގެ ޝަރީޢަތް އިންސާފުވެރި ކަމަށް އެއްވެސް ރައްޔިތަކު ޤަބޫލެއް ނުކުރާނެ: އުޝާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް މިހާރު ހިނގަމުންދަނީ އިންސާފާއި، ހަމަހަމަކަމާއި އެކުގައި ކަމަށް ޤަބޫލު ކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި މުޢާމާލާއި ގުޅިގެން އަޙްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައި، ކުރީގެ ރައީސް ޔާމީންގެ ދައުވާތަކުގެ ޝަރީއަތް ތާވަލް ކުރުމުންނެވެ.

މިކަމާ ގުޅިގެން އުޝާމް ވިދާޅުވީ ކޮންމެ މީހަކާއި މެދުވެސް ޢަމަލު ކުރެވެން ވާނީ އަދުލުވެރިކަމާއި އިންސާފާއިއެކުގައި ކަމަށެވެ. މިއަދު ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދާ ޝަރީޢަތަށް ބަލާއިރު، ފެނިގެން ދަނީ ވަރަށް ނާއިންސާފުން، ޝަރީޢަތް ކުރެވިގެންދާތަން ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޕްރޮސކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހުން ވިދާޅުވީ، މިއީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށެވެ.

ފުއްގިރި މައްސަލައިގެ ޝަރީޢަތް އަވަސް އަވަހަށް އަދި ގިނަ ވަގުތު ހޭދަވާ ގޮތަށް ކުރިއަށް ގެންދާތީ ރައީީސް ޔާމީންގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

  1. ކަނބުލޮ

    އަސްލުވެސް ތީ ހަމަ ތެދެއް