ބޮލީވުޑް މުނިފޫހިފިލުވުން

ޕަޕަރާޒީންނާހުރެ ނަފްސާނީ ވެއްޖެ: ކާޖޮލް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ފަރާތްތަކަށް ޕަޕަރާޒީންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި ދުއްތުރާތަކުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މަޝްހޫރު ބަތަލާ ކާޖޮލްއަށް މިއުނދަގޫތައް ބޮޑުވެފައިވަނީ އޭނާއާއި ފިރިމީހާ އަޖޭ އާއި މައްސަލަ ޖެހި ކައިވެނި ރޫޅާލާން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާއެކުއެވެ.

Ads by Sosun Fihaara

ކާޖޮލް ބުނި ގޮތުގައި ޕަޕަރާޒީންގެ ސަބަބުން ނުތަނަވަސްކަން ކުރިމަތިވީ ނަމަވެސް ސެލެބްރިޓީއަށް ވުމުގެ ސަބަބުން އެމީހުންނާއި ދެކޮޅަށް މައްސަލަ ޖެއްސޭކަށްވެސް ނޯވެއެވެ. އަދި ޕަޕަރާޒީންގެ ސަބަބުން އޭނާގެ  ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިދުވަސްވަރު އެންމެ ބާރަށް ފެތުރެމުންދާ ހަބަރަކީ ކާޖޮލްގެ ޒަމާންވީ ކައިވެނި ރޫޅާލަން އުޅޭކަމުގެ ހަބަރުތަކެވެ. މިގޮތުން އަޖޭ އާއި އެކްޓްރެސް ޓަބޫ އާއި ދެމެދު ހާއްސަ ލޯބީގެ ގުޅުމެއް އުފެދިފައިވާކަމަށާއި މިގުޅުމުގެ އަސަރު ކާޖޮލްއަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން މިއިން އެއްވެސް ތަރިއަކު ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!