ޚަބަރު

ޝިޔާމްގެ ރައްދު އިމްރާނަށް: އަމިއްލަ ޕާޓީގައި ހުކުރު ވެސް ހަމަ ނުވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

އަދާލަތު ޕާޓީގެ ބައިވެރިވުމާއެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ސިޔާސީ ހަރަކާާތް ހިންގުމުގެ ނަމުގައި، ވެލި އުކައި، ފެން އުކަން ޖާގަ ނުދެއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމުން, ޕީޕީއެމްގެ ނައިބު ރައީސް, ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕެއިނަށް މ.ދިއްގަރަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވެފައިވަނީ, "ގަޔަށް ބޮލަށް އެރި ދުވަސްވަރު ހިނގައްޖެ." ކަމަށެވެ. އިމްރާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ އިދިކޮޅު ޕީޕީއެމްގެ ވާހަކައެވެ. އިދިކޮޅުގެ ކެނޑިޑޭޓް ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާ އެ ފަރާތްތަކުން ކޮންމެ ދުވަހަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

އިމްރާންގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އަދާަލަތު ޕާޓީގައި މިއަދު ހުކުރު ހަމަވާ ވަރަށް ވެސް މެންބަރުން ނެތް ކަމަށެވެ. އަދި ތޮށިގަނޑެއް ހިއްޕަވައިގެން އެހެން ޕާޓީތަކުގެ ވާހަކަ ނުދެއްކެވިއްޔާ މާ ރަނގަޅުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ, އިމްރާނަކީ ޓެރެރިޒަމްއަށް ހިތްވަރުދީ, އަދި ޓެރެރިޒަމްގެ އަމަލު ހިންގެވުމުގެ ތާރީޚް އޮތް ބޭފުޅެއް ކަމަށެވެ. އެހެންކަމުން ސިޔާސީ މަންފާައެއް ކޮންމެފަދަ ވާހަކައެއް ވެސް ދައްކަވާފާނެ ކަމަށާއި އެކަމާ ހައިރާންވެ ވަޑައިނުގަންވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Ads by HDC
  1. މަަރުމޯލާ އަމިއްލައަށް ވިސްނާލާ ކިޔޭއެއްޗެހި!
    އަމިއްލަ އަށް ތިޔަފައިން އެރެނީ!
    ޔާމީނުވެރިކަމުގަ ފެލިވަރުގެ މަސްރޫޢުތަށް ނަގާކޮނޑަށްލައިގެން އުޅެ އެއްކަމެއްވެސް ނުވިއެއްނު
    ރުފިޔާގަނޑު ދިރުވާލައިގެން އެކަމުގެ ހަރާން ވައިރަސް
    ހަށިގަނޑުގަ ފެތުރިގެން ތިއުޅެނީވާނުވާގައެއްނު!
    މޮޔައާ އަދާލަތުން އޮރިޖިނަލް 14ހާސްމީހުންގެ ފޯމުހުށައެޅީމަރިޖެޓަށް ކަނޑާލީ ފުވާދުގެ ރޭވުމަކުންކަމުގެ
    ތުހުމަތު ކުރެވޭ! އެވާނީ ރަނގަޅަށް ވިއްޔާ ވަގަކު ދޮވެސާފުކުރާންއުޅޭ ވަގުންތަށް ރާވައިގެން ހިންގާޖަރީމާ
    އެއްކަމަށް!
    މީވަރަށް ވާ ހަކަ ކަލޭމެންގެ ހަޤީގަތް އެނގި ﷲގެހަޟުރަތުގައި ޖަވާބުދާރީންވާން ޖެހޭނެތީ
    އަހަންނާ އެތަށްބައެއް ތިޔަޖާހިލުގުރޫޕާ ވަކިވީވެސް!
    އަމިއްލައަށް ތަނެއްގަހުރެވިސްނާލާ ހިންގުނުހާނުބައިކަންކަމާ ހިންގިހާނުބައި ކަންކަމާ
    ހިންގަމުންގެންދާ ނުބައި ކަންކަމާ ހިންގަންރާވާފާ ހުރިނުބައި ކަންކަން!
    ބަލަ މޮޔަޔާ $ އަޅުކަންކުރިޔަސް ﷲ ގެދަރުބާރުގައި
    މަކަރެއްނެހެދޭނެ! މިވަރު އޯކޭދޯ!
    މާއަގަގަޅަންޏާ އިތުރަށްވާނީބޭޒާރު!!!!!!!