ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިއްމާ ރައީސް ޞާލިހު އުފުއްލަވަން ޖެހޭނެ: ޣައްސާން
އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބި ލަސްވުމުގެ ޒިއްމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފުއްލަވަން ޖެހޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ ހިނގުން ހީނަރުވިޔަސް އަވަސް ކުރަން ގާނޫނޫތަކުގެ ތެރެއިން އެއްގުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"ދައުލަތުގެ އެއްވެސް ބާރެއްގެ ހިނގުން ހީނަރުވިޔަސް އަވަސްކުރަން ގާނޫނުތަކުތެރެއިން ރައީސުލްޖުމްހޫރިއްޔާ އެނގުމަކީ މަގާމުގެ މަސްއޫލިއްޔަތެއް. ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމުގެ ޒިއްމާ ރައީސް ޞާލިހު އުފުއްލަވަން ޖެހޭނެ" ޣައްސާން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދާއިރު މިމައްސަލައިގައި ތުހުމަތު ކުރެވޭ އަޙްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ކޯޓްގައި މި މައްސަލަ ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
އަމިއްލަ ބައްޕާފުޅު މުސްކުޅިފުޅުވެ ވަޑައިގަތް ދުވަހު ޖަލުގައި އޮނެވި އިރު ޒިންމާ ވާން ޖެހިވަޑައި ގެނެވީ ކާކުތޯ؟