ޚަބަރު ސިޔާސީ

މިއަދުގެ މައްސަލައަކީ ދިވެހިންނޭ ކިޔާބަޔަކު ވެރިކަމަށް ގެނެވުން، ސަލާމަތްކޮށްދޭން ޖެހޭނީ ސިފައިން: އަދުރޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ޕީޕީއެމް

މިއަދުގެ މައްސަލައަކީ ދިވެހިންނޭ ކިޔާބަޔަކު ވެރިކަމަށް ގެނެވުންކަމަށާއި މިކަމުން ޤައުމު ސަލާމަތްކޮށްދޭން ޖެހޭނީ ދިވެހި ސިފައިންކަމަށް އިދިކޮޅު ޕީޕީއެމް. ޕީއެންސީ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި  އަބްދުލްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހީންގެ ވެރިކަމަށް ގެންނަންވާނީ ދިވެހީންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.

"ދިވެހީންގެ ވެރިކަމަށް ގެންނަންވާނީ ދިވެހީންގެ ތެރޭގައި ހިމެނޭ މީހުން. މިއަދު ވެގެން މިއުޅޭ ގޮތަކީ ދިވެހިންގެ ތެރޭން ނުހިމެނޭ ދިވެހިންނޭ ކިޔާބަޔަކު ވެރިކަމަށް ގެނެވުނީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ދިވެހި ސިފައިން އިޙްލާސްތެރިވާންވީ ދިވެހި ގައުމަށްކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ނޫން ކަމަށެވެ.

"އެހެންވީމަ މި ދުއްޕާނުން ދިވެހިން ސަލާމަތްކޮށްދިނުމުގެ ވާޖިބު އަދާކުރަން ޖެހޭބަޔަކީ އެމަސްއޫލިއްޔަތު އަދާކުރަން ޖެހޭ ބަޔަކީ ދިވެހި ސިފައިންނޭ މާރިޔާއަކަށް ނޫން ތެދުވެރިވާންވީ. ޝަމާލަކަށް ނޫން ވަފާތެރިވާންވީކީއެއް. އިބްރާހިމް މުޙައްމަދު ޞާލިހަކަށް ނޫން އިޙްލާސްތެރިވާންވީ. އިޙްލާސްތެރިވާންވީ ދިވެހި ގައުމަށް" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިފައިން ތެދުވެރިވާންވީ މާތްވެގެންވާ ދީނަށް ކަމަށާއި ވަފާތެރިވާންވީ ދިވެހި ޤައުމަށް ކަމަށެވެ. އަދި އެހެން ނޫންނަމަ، އެ ބޭފުޅުން އެތިއްބެވީ ޤާނޫނާއި ހިލާފުވެފައިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިނިސްޓަރ މާރިޔާއާއި މޭޖަރ ޝަމާލާއި ދެކޮޅަށް ނުކުތުމުގެ ހިތްވަރު ދިވެހި ސިފައިންގެ ގައިގަ ހުންނަން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންނަށްޓަކައި ދިވެހި ސިފައިން ނުކުންނަށް ޖެހޭކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

 

  1. ާއާޕެ

    ެނ