Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑިމޮކްރެޓްްސްގެ ފިކުރު، ރާއްޖޭގެ އިސްލާމީ ފޭރާމާއި ނުގުޅޭ: ޒައިދު

ޑިމޮކްރެޓްްސްގެ ފިކުރު، ރާއްޖޭގެ އިސްލާމީ ފޭރާމާއި ނުގުޅޭ: ޒައިދު

ރާއްޖޭގެ އިސްލާމީ ފޭރާމާއި، "ދަ ޑިމޮކްރެޓްސް"ގެ ފިކުރު ނުގުޅޭ ކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސް އިސްބޭފުޅުންނަކީ ވަރަށް "ވެސްޓަރން" އަދި މޮޑާން ލިބަރަލް ފިކުރުތަކެއް ގެންގުޅޭ ބައެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ހިންގުމާ ސިޔާދަތު ކަނޑައެޅުމުގައި މި ފިކުރުގެ އަހުލުވެރިން ބައިވެރިކޮށްގެން ކުރާ މަޝްވަރާތަކުން ހެވެއް ނުކުންނާނެ ކަމަކަށް ނުދެކެން! ރާއްޖޭގެ އިސްލާމީ ފޭރާމާ މިފިކުރު ނުގުޅޭ!"
https://twitter.com/alizaid1000/status/1681597951075037184?t=2I4xf-cgBPtn1kyqAnfPdA&s=19 ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، ރައީސް މުޙައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ މިއަދު ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ތިން ލީޑަރުން އެއްބަސްވެވަޑައިގެންނެވީ، އިދިކޮޅު ޕާޓީތައް ގުޅިގެން، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް  ނެރުމަށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް