ޝާހިދަކީ ކުރީގެ ސަރުކާރުތަކަށް ނުވެހުރި ކަންކަން ކިޔައިދެއްވާ ބޭފުޅެއް: ވައްޑެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ކުރީގެ ސަރުކާރުތަކަށް ނުވެހުރި ކަންކަން ކިޔައިދެއްވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ރައީސް ޞާލިޙްގެ ކެމްޕެއިނަށް ހއ. ދިއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ޝާހިދު ވިދާޅުވީ ފަޅުވެރިން މި ވަގުތު ކުރަން އޮތްކަމަކީ ކުރު ދޮށީގައި ހައްސަ ބޭނޭތޯ ނަގާ އޮޑިއަށް ރަސް އައިން ކަހާލުން ކަމަށެވެ.
"އަޅުގަނޑުމެންގެ ކެޔޮޅު އަޅުގަނޑުމެންގެ އޮޑި ގެންގޮސް އެ ގާތް ކޮށްލެއްވީ ރަސް އައިނަކާ. މި ބޮޑު ތިލަދުންމަތީގައި ތިލަވަމުން މި އަންނަނީ ތަރައްޤީގެ އާ ރަސް އައިނެއް” ޝާހިދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ ޝާހިދަކީ އަލަށް ސިޔާސީ ދާއިރާ ތެރެއަށް ނުކުންނަވައިގެން ކުރީގެ ސަރުކާރުތަކަށް ނުވެހުރި ކަންކަން ކިޔައިދެއްވާ ބޭފުޅެއް ކަމަށެވެ. ” ކުރީ ސަރުކާރުތަކުގައި މިބޭޅާގެ އެއްވެސް ހިއްސާއެއް އޮތްނަމަ ރައްޔިތުން މިހާރު މިހާލަކު އުޅޭކަށް ނުޖެހުނީސް” ވައްޑެ ވިދާޅުވިއެވެ.