ޚަބަރު ސިޔާސީ

ޑިމޮކްރަޓްސްގެ ރިޔާސީ ޕްރައިމަރީއަށް އިލްޔާސް ފޯމް ހުށަހަޅުއްވައިފި 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޑިމޮކްރަޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމް ހުށަހަޅުއްވައިފިއެވެ.

Ads by Hajj Corporation

ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާ މިމަހުގެ 20 ވަނަ ދުވަހު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާކަމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ އިންތިހާބު އޮންނާނީ މިމަހު 28 ވާ ހުކުރު ދުވަހުގެ މެންދުރު 14:00 އިން 18:00އަށް ކަމަށް އެ ޕާޓީން އިއުލާނުކޮށްފައިވާއިރު، ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ކެންޑިޑޭޓުން މިއަދުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމަށް އެ ޕާޓީން އެދެފައިވެއެވެ.

ޑިމޮކްރެޓްސްއިން މިހާރުވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށްފައެވެ. އަދި އެ ލިސްޓަށް މިއަދުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޕާޓީން ބުނެއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!