ޚަބަރު ސިޔާސީ

ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެންޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސަވައިފިއެވެ.

Ads by STELCO

އެމްއެންޕީން ބުނީ އެ ޕާޓީގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް ހަމަޖައްސާފައިވާ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!