ޚަބަރު ސިޔާސީ

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހަކީ ވަގުން ހިފާ ދުވަސް: ޢަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބު އޮންނަ ދުވަސް ކަމުގައިވާ، 09 ސެޕްޓެމްބަރު 2023 އަކީ "ވަގުން ހިފާ ދުވަސް" ކަމަށް ޕީޕީއެމް-ޕީއެންސީ ހިންގެވުމާއި ވަގުތީ ގޮތުން ޙަވާލުވެވަޑައިގެން ހުންނެވި، އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީން މިނިވަން ކުރަން ގޮވައިލައި އިދިކޮޅުން ރޭ ބޭއްވި ހަރަކާތުގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވަނީ، ފޮރިން މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ވަގު ހިފާ ދުވަސް ކަމަށް ޝާހިދު ވިދާޅުވިއިރު، އެ ދުވަހުން ހިފާނެ ވަގުންނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޝާހިދު ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"ރައްޔިތުން މި ތިބީ ތައްޔާރު ވެގެންނޭ، ޤާނޫނީ އިމުގެ ތެރެއިން، މި ސަރުކާރުގައި ތިބި ވަގުން ހިފައި ހައްޔަރު ކުރަން." އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަގުން ހިފައި ހައްޔަރު ކުރުމަށްޓަކައި ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ވޯޓުލައި، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް ގެންނަން ޖެހޭ ކަމަށެވެ. އަބްދުއްރަޙީމް ވަނީ ރައީސް ޔާމީންގެ ނަންފުޅު، ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަން ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ވޯޓް ވިއްކި ގަމާރު

    ވަގު އޮންނާނީ ހިފާ ޖަލަށް ލާފަ

  2. ަ ހަފްސާ

    ވަގު އޮތީ ހިފާފަ ޖަލަށްލާފަ. ޙަޖަމް އަދުރޭ.ހަޖަމް

  3. އަލިހޮއްކޮ

    ޓނ އަދުރޭ ބަލަ ވަގުން ވަރަށް ސާފުކޮށް އެބަ އިނގެއެވެ. ޖަލުގައި ހުކުން ތަންފީޒު ކުރަމުން އެދަނީ ވަގުންނެވެ. އަދިވެސް ކުރީގެ ރިކޯޑުންވެސް އިގޭނެއެވެ.

  4. ޓިނު ވަގު ތިހިރީއެއްނު

  5. އަލިފުޅު

    އަދުރޭ ތިބޭފުޅާ ޔައްވަގައް ކެވިފަހިރިލެއް މަދީތޯ ވަގުހިފަން ވަގުހިފަން ތާރީހެއް ކައެޅީ

  6. އިބްރާހީމް މުހަންމަދު ސޯލިޙް

    މިހާރުވެސް ވައްކަންކުރިކަން ސާބިތުވެގެން، ޖަލުގަ ގައިދީއެއްގެ ގޮތުގަ އެއޮންނެވީ 5 އަހަރު ވެރިކަންކުރަންލިބި ރައްޔިތުންގެ ބޮޑު ޕަސަންޓޭޖެއް ޔާމިނު ވައްކަންކުރާތީ ޔާމިނު ބޭނުން ނޫންކަމައް ނިންމާފަ.. ފަހުގެ ދިވެހިތާރީޙްގަ ވެރިކަމުން ފޭބިގޮތައް ވައްކަން ކުރިކަން ސާބިތުވެގެން ޖަލައްލީ ވެރިއެއްނެތް…

  7. މިހާރު ހިފާފަހުރި ވަގު ކުޑައީތަ

  8. ގޯތިބޭ

    ތިދުވަސް އައުމުގެ ކުރިން މުލިވަގު ހިފާ ހައްޔަރުކޮށް މިހާރު އެެޮތީ ޖަލުގަ. ދެން ދުވޭ ގޭގޭގެ ފުރާޅުން ޓިނުބާލަން.