ބައެއް ކަސްޓަމަރުންގެ ކާޑުން ދެ ފަހަރަށް ފައިސާ ކެނޑިފައިވަނީ އޮޅުމަކުން: ބީއެމްއެލް

ބައެއް ކަސްޓަމަރުންގެ ޑެބިޓް ކާޑުން ދެ ފަހަރަށް ފައިސާ ކެނޑިފައިވަނީ އޮޅުމަކުން ކަމަށް ބެންކު އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބީއެމްއެލްއިން މިރޭ ބުނީ ޑެބިޓް ކާޑު ބޭނުން ކޮށްގެން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެން މެދުވެރިވާން ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާ އަދި އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ބެންކުން ވަނީ ބުނެފައެވެ.
"މިކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،" ބެންކުން ބުނެއެވެ.
ބައެއް ކަސްޓަމަރުން މީސް މީޑިއާގައި ބުނީ އެ މީހުން ބީއެމްއެލްގެ ކޭޝްކާޑްތައް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް ކުރުމުން ޑަބަލްކޮށް ފައިސާ ކަނޑާފައިވާ ކަމަށެވެ. އެގޮތުން ޑަބަލްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ކަނޑާފައި ވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
ދެން ކޮވިޑް ފައިސާ ވިއްޔާ ހިންނާނީ ބަޖެޓް ހުސވެއްޖެ ވީކަމެއްނެތް ރ