ޚަބަރު ސިޔާސީ

ރައީީސް ޔާމީނަށް ނުޙައްޤުން އަނިޔާ ދެނީ، އެމަނިކުފާނު ޤައުމަށްޓަކައި ވަމުން އަންނަ ޤުރުބާނީގެ ސަބަބުން: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް ޔާމީނަށް ސަރުކާރުން އަނިޔާ ދެނީ، އެމަނިކުފާނު ޤައުމުގެ ޙައްޤުގައި ވަމުން އަންނަ ޤުރުބާނީގެ ސަބަބުން ކަމަށާއި، ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމުން، އެ ޤައުމީ ޒިންމާއާއި އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަކީ  އެމަނިކުފާނަށް މި ސަރުކާރުން އަނިޔާ ދެމުން އަންނަ އެއް ސަބަބު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޗެނަލް13 މެދުވެރިކޮށް، މޭޔަރު މުޢިއްޒު މިރޭ ދެއްވި މެސެޖުގައި މިހެން ވިދާޅުވީ، އޭނާ އާއިމެދު ކުރަމުން އަންނަ ތުހުމަތުތަކަށް ތަފްފްޞީލުކޮށް ޖަވާބު ދެއްވަމުންނެވެ.

މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންއަށް ނުހައްޤުން އަނިޔާ ދެނީ، ޤައުމުގެ މިނވަންކަމަށްޓަކައި އެމަނިކުފާނު ވެވަޑައިގެންނެވި ޤުރުބާނީގެ ސަބަބުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން އުޅުއްވާ ކަމަށް ތުހުމަތު ކުރާއިރު، އޭނާ އަކީ އެންމެ ކުރިންސުރެވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތާއީީދު ކުރައްވާ ބޭފުޅެއް ކަމަށާއި، ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރީން ވެސް، ރައީސް ޔާމީން އަކީ ވަރަށް ކަމުދާ ޝަޙޚްޞިއްޔަތެއްގެ ވެރިއެއް ކަމަށެވެ.

"އެމަނިކުފާނަށް ތާއީދު ކުރާ އެންމެން ޢަޒުމް އާ ކުރަންވީ، މިނިވަން ދުވަހު، މި ޤައުމު ހަޤީޤީ މިނިވަންކަމުގެ އިިިޙްސާސް ވާގޮތަށް މި ޤައުމު ބައްޓަން ކުރުމަށްޓަކާ. އެމަނިކުފާނު މިނިވަން ކުރުމަށްޓަކާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިތުރު ހިތްވަރެއްލައި، ހަރުފަތްތަކެއް ގިރާ ކުރަން ޢަޒުމް ކަނޑައަޅަން އެބަޖެހޭ."

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާ ރައީީސް ޔާމީނަށް ތާއީދު ކުރައްވަން ފެއްޓެވީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި، ރައީީސް ޔާމީން އަކީ ކެރޭ، ޑެލިވަރ ކޮށްދޭ ވަޒީރެއްގެ ގޮތުގައި، ވަރަށް ކުރިންވެސް ފާހަގަކުރެއްވުނު ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް އިނގޭ އަޅުގަނޑުގެ ހިތް، އަޅުގަނޑުގެ ޟަމީރު، އަޅުގަނޑު ކަންކަމުގައި ޢަމަލު ކުރަނީ، އަޅުގަނޑު ހިތުގެ އަޑިން ޤަބޫލު ކުރާ ގޮތަށް. އެހެންވީމަ، ބަޔަކު އަދި އަޅުގަނޑާ ބެހޭގޮތުން ސުވާލުތަކެއް ކުރިޔަސް، އަދި އެލިގޭޝަންސްތަކެއް ކުރިޔަސް، ތުހުމަތުތަކެއް ކުރިޔަސް، އަޅުގަނޑު ޤަބޫލު ކުރާ ގޮތަކީ އަޅުގަނޑު އެކަމަކަށް ޖަވާބު ދޭކަށް ޤަޞްދެއް ނުކުރަން، އެހެންނަމަވެސް މިހައި ގިނަ ދުވަސް މިގޮތަށް އަޅުގަނޑު މި ވާހަކަތައް ނުދައްކާ ހުރުމުން ޕާޓީގެ މެމްބަރުންގެ ތެރޭގައި، ބައެއް މެމްބަރުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އުފެދޭ."

މުޢިއްޒު ވަނީ ޕީޕީއެމް-ޕީއެންސީގެ އެންމެހައި މެމްބަރުން، ރައީސް ޔާމީން މިނިވަން ކުރުމަށް ވަރުގަދަޔަށް މަސައްކަތް ުކުރުމަށް ގޮވައިލައްވައިފައެވެ.

  1. އަލަމް ގީރު

    ޔާމިނު އެއްވެސް އެއްޗަކައްވުރެއް ފައިސާދެކެ ލޯބިވާކަން ހެދިޓެސްޓުތަކުން ދައްކާތީ، ޔާމިނު އެނުރައްކާބޮޑު ބަލިން ސަލާމަތްކުރަން ޑޮކްޓަރުންގެ ލަފާގެމަތިން ރިހިބިލިޓޭޓްކޮއް ފަރުދެމުން މިހާރުއެދަނީ.. މުއީޒު ތިހާބޮޑައް ލޯބިވާތީދޯ ރުބޭލް ފޮނުވާލީ.. ފާތުމަވާ ރުޅިމަޑު..
    ރަނިންމޭޓް ކަން ލައްގަޅޭ މަށައް ލައްގަޅޭ ކިޔަންތިފެށީ ވަގުތު ޖެހުނީމަ..

  2. އަލީ ރަޝީދު ހުޅުމާލެ

    މީ ވަރަށް ބޯ ރަގަޅު ބޭފުޅެކެވެ. މީނަގެ ހީލަތާއި މަކަރުވެރިކަން ޔާމީނަށް ވުރެން އަދި ޕީޕީއެމްގައި މިތިބަ “ލީޑަރުން” ނަށް ވުރެން މާ ބޮޑުވާނެއެވެ. ޔާމީނު ނެތް ތަނެއްގައި ކެންޑިޑެސީ ނޫނީ ހުރިއްޔާ ރަނިންގމޭޓްކަން ދަމައި ގަންނާނެއެވެ. ބަލަންތިބޭށެވެ.

  3. ތަކަންދޫޢަލިބ

    އަޅުގަނޑު ކުރީގެވަރަށް ސަޕޯޓް ކުރިބޭފުޅެއް މުއިއްޒުއަކީ!
    އެކަމަކު މިޔަދު އެނގިއްޖެ ޖާހިލެއްކަން!
    ފުރަތަމަކަމަކަށް!ރަސޫލާގެ ދަރިކަނބަލުންނަށްވުރެ
    ވަގަކު މަތިވެރިކުރީ ! ދެންއިތުރަށް ދަށްކާނީކޮންވާހަކަ އެއް!
    ބަލަމަރުކޮހާ ޔާމީނުކިތަށް ތަނުގަ ވަށްކަން ކުރިކަމަށްއެއްބަސް ވި؟ ނޫނީއެހާގިނަ ފައިސާ އޭނަގެ އެކައުންޓްތަކުގަ ހުންނަންޖެހެނީކީއްވެ؟؟؟
    ކޮންކަމެއްކޮންގެން ހޯދިފައިސާތކެއް؟
    މިޤަވްމުދުށް އެއްމެ ބޮޑު މިނިކާ އަދިއެއްމެ ބޮޑުފޭރޭ އެއީ ދޯ
    ﷲހަޟުރަތުގަ ކަލެއަށްއޮތީކޮންބާރެއް! ރަށްޔިތު ބައެއްގެ ހައްޤުތަށް ކައިގެން އޭގެ ލައްޒަތްކުރީ.މަ ތިޔަ ވާހަކަ ތިގޮތަށް ދައްކަނީ! އަދިވެސް ވަންކަން ކުރެވޭތޯ؟

    REPLY
    ގުޅުން ހުރި

  4. ރައްޔިތުމީހާ

    ޕީޕީއެމް ސެނެޓާއި ސަޕޯޓަރުންގެ ތެރޭގަ ޑރ.މުއިއްޒުގެ މަގްބޫލުކަން ދަނީ އިތުރުވަމުން. އެކަމަށް ހަސަދަވެރިވާ ބަޔަކު ތިބޭނެ. ކުރިއަށް ވަޑައިގަންނަވާ. ރައީސް ޔާމިނު ނިންމަވައިފިނަމަ ރިޔާސީ ކެންޑިޑޭޓަކަށް ނުވަތަ ރަނިންމޭޓަކަށް ނުކުންނަންވީ.