ޚަބަރު އިޖުތިމާޢީ

ފެތުރެމުންދާ ރޯގާޖެހި ގިނަ ޑޮކްޓަރުންނާއި ނަރުހުންވެސް "ސިކް ލީވް" ގައި! 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ރޯގާޖެހި ގިނަ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ "ސިކް ލީވް" ގައި ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަލި ޖެހިގެން ހޮސްޕިޓަލްގައި ގިނަ އަދަދެއްގެ ކުޑަކުދިން ފަރުވާ ހޯދަމުން ދާކަމަށާއި ހޮސްޕިޓަލްގެ އިމަޖެންސީ ފުރިފައިވާކަމަށެވެ.

މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ރޯގާ ފެތުރެމުންދާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަށައިފައިކަމަށް އެއެޖެންސީއިން ބުނެއެވެ.

އަދި ބަލި ފެތުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ ހޮސްޕިޓަލްތައް އިމަޖެންސީ ހާލަތަށް ވަނީ ގެނެސްފައެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ, އޭޑީކޭގައި ހޮނޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ގިނަ އަދަދެއްގެ ކުދިން ދައްކަމުން އަންނަ ކަމަށެވެ. އަދި ބޯފެނަކީ ތަޣައްޔަރުވެފައި ނުވާ ފެނެއް ކަމަށް ޔަޤީން ކުރުމަށާއި, ބޯފެން ފިލްޓަރު ނުވަތަ ކައްކައިގެން ބުއިއެއް ވަނީ އިރުޝާދު ދެއްވާފައެވެ.

ބޭރަށް ހިނގުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ. އެގޮތުން ބޭރަށް ހިންގާނަމަ ތިބާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަ ގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ދަފަ ދިޔާ ތަކެތި ބޭނުން ކުރަން ޖެއެެއެވެ.

އަދި ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން ފަދަ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ.

Ads by Allied Insurance
  1. ގަބުޅިބާދެލާ

    ރާއްޖޭގައި އޮންނަ މެޑިކަލް މާފިއާއިން ހިންގާ ޖަރީމާގެ އެއްވަތަރު މިއީ. މިމާފިއާގްރޫޕް އެކްޓިވޭޓް ވާނެ ސަރުކާރަށް ޕްރެޝަރ ކުރުމަށް. އިންތިހާބު ގާތްވާން ކައިރިވީމާ ކޮންމެވެސް ރޯގާއެއްގެ ވާހަކަދައްކައި ސަރުކާރުގެ ނާގާބިލްކަން ދެއްކުމަށްވެސް މިގްރޫޕް އެކްޓިވޭޓްވެގެން މިއޮޅެނީ. މީގެތަފްސީލަށް ދަންޏާ ވަރަށް ދިގުވާނެ.