ޚަބަރު

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިނުގަތުމަކީ އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލުވުމެއް ނޫން, ދެން އޮތް މަރުހަލާ ކާމިޔާބު ވާނެ: ތޮލާލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ އިލެކްޝަނުން ބަލައިނުގަތުމަކީ އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލުވުމެއް ނޫން ކަމަށާއި ދެން އޮތް މަރުހަލާ ކާމިޔާބު ވާނެ ކަމަށް ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް, ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ތޮލާލް މިފަދައިން ވިދާޅުވީ ރައީސް ޔާމީން އަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ތޮލާލް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު އިލެކްޝަން ކޮމިޝަނުން ޤަބޫލުނުކުރި ނަމަވެސް ދެންއޮތް މަރުޙަލާ ކާމިޔާބު ވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ކެންޑިޑަސީ އިލެކްޝަނުުން ޤަބޫލުނުކުރުން އެއީ އެމަނިކުފާނުގެ ކެންޑިޑަސީ ބާޠިލުވުމެއް ނޫން. ދެންއޮތް މަރުޙަލާ ކާމިޔާބު ވާނެ. އިރު އުދަވެ އަސްތަ ވަންޏާ، އަލިކަން ފިލާ ނުދާނޭ
ދިރުމެއްގެ ރޫހު ވަންޏާ، އުންމީދު ގައިމުވާނޭ" ތޮލާލް ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަނުން ނިންމުމާއި ގުޅިގެން އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށް އެ އެކޯލިޝަން ނުދެކޭ ކަމަށެެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ފަށާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލު ނުކުރި ސަބަބެއްގެ ގޮތުން އީސީން ބުނެފައިވަނީ، ޔާމީންގެ މައްޗަށް 11 އަހަރުގެ ހުކުމެއް އައިސްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ނިިމިފައިނުވާކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އީސީން ވަނީ ނިންމައިފައެވެ.

  1. އަލިހޮއްކޮ

    ހެހެހެހެ މިތިބަ ޖާހިލު ބޯބުރާންތި ބައެއް! އަދުރޭމެން މޮޅީ ޙުސް ޢެކަނި ހިސާބަކަށެއް ނޫން! ބީތާކަންވެސް ހަމަ އެވަރު!

  2. ޙާލި

    ގަދަކަމުން ވެރިކަމައްގެންނަންއުޅުނަސް އިލާހީގާނޫނުތަނެއްނުދޭ ކިތަންމެވަރަކަށް އުޅުނަސް ކިތައްމެތަނަކަށްދިޔަސް ވާކަށެއްނެތް

  3. މޮޔަ

    ހޭޖެހޭޭ އެއްކަމެއްގައިި 500 މީހުންް ބައިވެރިވާއިރުު ހަމައެކަނިި އެންމެމީހަކާާ ސުވާލުކޮއްް އަނިޔާދެމުންް ގެންދިއުންް އެއީތޯޯ އިންސާފާއިސްލާމީީ ޝަރީއަތަކީީ އެއައްކިޔަނީީ ކީކޭތޯޯ ﷲގެެ ހެޔޮރަހުމަތުންް އެކަމުގައިނާއިންސާފުުންް ކަންތައްކުރާމީހުންް ދާދިި އަވަހައްް މައިތިރިކުރައްވާނެެ އަދިި އެމީހުންް އެކުރިކަންކަމާކުރިމަތިި ލާންޖެހޭނެެ