ޕީޕީއެމްގެ ސިޔާސަތަކީ އެންމެން އެއްތާކަށް ޖަމާކޮށް, ރާއްޖޭގެ ސިފަ ނައްތާލުން: ރައީސް ޞާލިޙު
އިދިކޮޅުގައި މިވަގުތު އޮތް ޕީޕީއެމްގެ ސިޔާސަތަކީ ރާއްޖޭގެ އެންމެން އެއްތަނަކަށް ޖަމާކޮށް, ރާއްޖޭގެ ސިފަ ނައްތާލުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ޕީޕީއެމްއަށް އިޝާރާތް ކުރައްވާ ރައީސް މިހެން ވިދާޅުވިއިރު, މިދިޔަ ދައުރުގައި ވެރިކަން ކުރެއްވި ރައީސް ޔާމީން ވަނީ ހުޅުމާލެއަށް ރާއްޖޭގެ ދެބައިކުޅަ އެންމެނަށް އާދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެވަނަ ދައުރެއް ލިބިއްޖެނަމަ ރާއްޖޭގެ 18 އަހަރާއި 25 އަހަރާ ދެމެދު ކޮންމެ ޒުވާނަކަށް މާލެ ކައިރިން ފްލެޓެއް ދެއްވާނެ ކަމަށް ރައީސް ޔާމީން ވަނީ މިދިޔަ އަހަރު ވައުދުވެވަޑައިގެންފައެވެ.
"އަޅުގަނޑުމެންނަށް އިނގޭ އެ ބޭފުޅުންގެ ސިޔާސަތު. އެއްތަނަކަށް ޖަމާކުރުން. ބާރުތައް ޖަމާކުރުން, މީހުން އެއްތަނަކަށް ޖަމާކުރުން. މުޅި ދިވެހި ރާއްޖޭގެ ސިފަ ނައްތާލުން" ރައީސް ޞާލިޙު އެކަމަށް އިޝާރާތް ކުރައްވަމުން ރޭ ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ, ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރެވޭނީ އެކަން ކުރަން ބޭނުންވެ, އެކަމުގެ ވިޝަން ވެސް އޮވެގެން ކަމަށެވެ.
ބޮޑު ތިލަދުންމައްޗަށް ދެން ވެސް ބޮޑު ބަދަލެއް ގެންނާނީ އަޅުގަނޑު. އެ ވިޝަންއެއް, އެ މިޝަންއެއް އެ ބޭފުޅުންގެ ނެތް. އެހެންނޫންނަމަ މިތާންގައި ހުރިހާ ކަމެއް އެއްފަހަރާ ކުރާކަށް ނުޖެހުނީސް
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ, އަނެއްކާ ވެސް ރިޔާސީ އިންތިޚާބެއް ކައިރިވެފައިވާއިރު, މިފަދަ ކަންކަމަށް ވަރަށް ރަނގަޅަށް ވިސްނަވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ހަމަޖެހުން ޤާއިމްކޮށްގެން, ރާއްޖެއަށް ގިނަ ތަރައްޤީ ގެނެވިދާނެ ކަމަށް ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ ތަރައްޤީ ކުރެވެން އޮތް, ތަރައްޤީގެ މަންފާ މިހާރަށްވުރެ މާ ބޮޑަށް ރައްޔިތުންނަށް ހޯދައިދެވޭނެ ޤައުމެއް" ރައީސް ޞާލިޙު ވިދާޅުވިއެވެ.
މަނިކު ފާނު ހާދަ ޒާތީވެގެން ތިއުޅުއްވަނީ ތިހެން އުޅޭކަން ނުވާނެ ހުރިހައި މީހުން ނަށް ވެސް ފުރުސަތު ދެއްވާާ
ޕިޕީއެމްގެ ސިޔާސަތަކީ ރާއްޖެ ތަރައގީ ކުރުމުގެ ސިޔާސަތު . ސިއްހީހިދުމަތް ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގަ ހުރެގެން ލިބޭމިންވަރަށް ތަރައގީ ކުރުމުގެ ސިޔާސަރު ރައުލީމު ރާއްޖޭގަ ހުރެގެން ޕިއެޗްޑީ އާ ހަމަޔަށް ކިޔަވާދިނުމުގެ ސިޔާސަތު.. ފައިސާ އިސްރާފުނުކޮށް ރައޔިތުންނަށް ހިދުމަތް ދިނުމުގެ ސިޔާސަތު . ސަރުކާރަށް ބަރޯސާނުވެ އަމިއްލަ ފައިމަތީގަ ރައޔިތުމީހާ ތެދުވެ ހުރުމުގެ ސިޔާސަތު. އެމްޑީޕީގެ ސިޔާސަތަކީ ރާއްޖެ ދަރަނިވެރި ކުރުމުގެ ސިޔާސަތު އަބަދު ސަރުކާރަށް އާދޭސްކުރަން ޖެއްސުމުގެ ސިޔަސަތު .ދަވްލަުގެ ފައިސާ އިސްރާފް ކުރުމުގެ ސިޔާސަތު..ރާއްޖެ ތަރައްގީ ވަޔަ ނުދީ ރައްޔިތުމީހާ ހާލުގަ އުލެން ޖެއްސުމުގެ ސިޔާސަތު.ގައުމުގެ ރަށްރަށް ތަރައގީ ވިޔަނުދީ ޖަޒީރާތަކުގެ މަދުމީސްކޮޅު ގެންގުޅުމުގެ ސިޔާސަތު. ރާއްޖޭގެ ރައްޔިތުން ފަންޖިފުޓިތަކުގަ ގެންގުޅެގެން އެމްޑީޕީ ގެ ވެރިން މަހުޖަން ވުމުގެ ސިޔާސަތު.
އަޅެދޮގޭ އެހެންވީމާދޯ އިއްޔެވެސް މާލޭސަރަޙައްދުގައި 4000 ފްލެޓް އަޅަން އިންޑިޔާ ބަޔަކާއި ތި ޙަވާލުކުރީ. އަޅޭ ފަހެ މީނާ މިކިޔާ އެއްޗަކާ ކުރާ ކަމަކާ ދިމާވޭތަ؟
އެއީ ޒާތީވުމެއް ނޫން އެއީ ތެދު ޔާމީން ބޭނުން ވަނީ ރާއްޖޭގެ އެންމެން މާލެސަރަހައްދަ ޖަމާކުރަން މިހާރުވެސް ރާއްޖޭ ގެ ހާލަތައް ބަލާއިރު އެއީ ގޯސް ވިސްނުމެއް އަހަރުމެން އެއްގޮތަކައްވެސް ބޭނުން ވާކަމެއް ނޫން މާލެސަރަހައްދައް ދިރިއުޅުން ބަދަލުކުރުމަކީ