ޚަބަރު ސިޔާސީ

މުއިއްޒު އަކީ ވޯސްޓް ކޭސް ސިނޭރިއޯ: ޑރ. ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީއެންސީ ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު އަކީ ވޯސްޓް ކޭސް ސިނޭރިއޯ ކަމަށް ރަނިންގް މޭޓު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޔާމީންގެ ޝަރީއަތް ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޖަމީލް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓު އިންތިޚާބުގައި ވާދަ ކުރައްވާނީ ޔާމީންގެ މައްސަލައިގެ ނިމުން ލަސްވެ، އިތުރު ކެންޑިޑޭޓެއް ހުށަހަޅާނެ ފުރުސަތު ޕީޕީއެމަށް ނުލިބިއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ.

"ޕީއެންސީ އަކީ އަޅުގަނޑު ދެކޭ ގޮތުގައި ވޯސްޓް ކޭސް ސިނާރިއޯ" ޖަމީލް ވިދާޅުވިއެވެ.

އަދި ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި ކޯޓުގައި ކުރިޔަށް ދަނީ ޕީޕީއެމްގެ ކެންޑިޑޭޓުގެ މައްސަލަ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަދި އުއްމީދު ކުރަނީ ވެސް އިތުބާރު ކުރަނީ ވެސް މި ޓިކެޓު ސަލާމަތްވެގެން މި ކޯޓުން ނިކުންނާނެ. އެހެންވީމަ ދޭއް ތިނެއްގެ ވާހަކައެއް ވެސް އަޅުގަނޑުމެންގެ ސިކުނޑިއަކު ނެތް" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އުއްމީދަކީ މި މައްސަލައިން ސަލާމަތްވެ ޔާމީންގެ ނަންފުޅު އިންތިޚާބުގެ ޓިކެޓުގައި އޮތުން ކަމަށެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި އިދިކޮޅު ތަމްސީލުކުރާނެ ކެންޑިޑޭޓަކަށް ޕީއެންސީގެ ފަރާތުން އިއްޔެ ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓް އަރުވާފައެވެ.

Ads by Allied Insurance
  1. އިބްރާހީމް މުހަންމަދު ސޯލިޙް

    ބޮޑިބަތް ޖަމީލުއާއި އަދުރޭއާއި ދެމީހުން ހިސާބުކިޔެވީ އެއް ޔުނިވަރސިޓީއަކުން ކަންނޭނގެ. ކޮންގޮތަކުން ހިސާބު ޖަހައިގެންތަ ޕީ،ޕީ،އެމް އަކީ ރާއްޖޭގެ އެންމެބޮޑު ސިޔާސީޕާޓީ އައްވާންވީ.. 30000 މީހުން ހަމަނުވާ ޕާޓީއެއް ކިހިނެއްތޯ އެމް،ޑީ،ޕީ އައްވުރެއް ބޮޑުވާންވީ.. ޔާމިނު ނޫނީ ކުފޫހަމަވާ ހަމަ އެކަކުވެސް ނެތް ޕާޓީއެއް ޕީ،ޕީ،އެމް އަކީ..

  2. ނިހާންނަސީރު

    ޖަމީލަކީ ބޭކާރު ރަނިންމޭޓް.ދައުލަތަށްޖެހިފަ އޮތް ވަބާއެް ކަލޭކޮއްކޮ ރިހަ މަލީހް އަކީ ކޮންމެ ސަރުކާރެއްގަ ވަޒީރުކަން ދޭންޖެހޭ މިފަހަރު ކުޅި ދައްކާލާނަން އިރާދަކުރެއްވިއްޔާ

  3. އަލީރަޝީދު ހުޅުމާލެ

    އަސްލުގައިވެސް މުއިއްޒަކީ ހައްލެއް ނޫނެވެ. އޭނައަކީ ވަރަށް ހިނިއައިސްފަ ހުއްޓަސް ނުބައި ނުލަފާ ޚަސީލަތެއްގެ ބޮޑާ ކިބުރުވެރި އަދި އެހާމެ އަނިޔާވެރިއެކެވެ. އަެނައަކަށް ހަމަ ޔަގީނުންވެސް ޕީޕީއެމްގެ ދެބައިކޮށްފައި އެއްބައިވެސް ވޯޓް ނުދޭނެއެވެ.

  4. ކިޔުންތެރިޔާ

    ޑރ.ޖަމީލު ހުވަފެން ބެލުން ހުއްޓާލާނީ ކޮން އިރަކުން ބާ އޭ ހިތަށް އަރާ؟. އަދިވެސް ޕީޕީއެމް މެމްބަރުން ގުބޯ ހައްދަން ތިއުޅެނީ. ރޭގެ ޝަރީއަތް ބެލި ކޮންމެ މީހަކަށްވެސް އެގޭނެ ޔާމީނު އަށް ކުރިމަތި ލުމުގެ ފުރުސަތު ސ. ކޮޓަކުން ނުދޭނެކަން. މުއިއްޒުގެ ފަހަތަށް ޕީޕީއެމ ނާރާފިއްޔާ ކޯލިޝަން ވެސް ރޫޅޭނެ.

  5. ވޯސްޓްކޭސ ސިނާރިއޯއަކ ޖަމީލ ނާުއިބުރައީސްކަމަށްހެދުން